މޯލްޑިވްސް ޓްރެވަލް އެވޯޑްސް (މަޓާޓޯ)ގެ ގެސްޓްހައުސް އެޑިޝަނަށް ނަން ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މަޓާޓޯއިން ބުނި ގޮތުގައި ގެސްޓްހައުސް އެޑިޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ސެޕްޓެންބަރު 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ގެސްޓްހައުސް އެޑިޝަނަށް 15 ދާއިރާއަކުން ނަން ހުށަހެޅުމަށް ހުޅުވާލައިފަވާކަމަަށް މަޓާޓޯއިން ބުނެއެވެ. އެ ދާއިރާތަކުގެ ތެރޭގައި:

  • ލީޑިން ގެސްޓްހައުސް

  • ލީޑިން ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް
  • ލީޑިން ގެސްޓްހައުސް ޑައިވިން އެންޑް ވޯޓާ ސްޕޯޓްސް
  • ލީޑިން އީކޯ ފްރެންޑްލި ގެސްޓްހައުސް
  • ލީޑިން ބިޒްނަށް ގެސްޓްހައުސް
  • ލީޑިން ހެރިޓޭޖް ގެސްޓްހައުސް
  • ލީޑިން އެޑްވެންޗާ ގެސްޓްހައުސް
  • މޮސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސްޕެޓް
  • ލީޑިން ގެސްޓްހައުސް ބްރޭންޑް
  • ލީޑިން ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑާ
  • ލީޑިން ގެސްޓްހައުސް އައިލެންޑް
  • ލީޑިން ބީޗް އައިލެންޑް
  • ލީޑިން ބިޒްނަސް ޑިވެލޮޕްމެންޓް ޕާޓްނާ ފޯދަ ގެސްޓްހައުސް އިންޑަސްޓްރީ
  • ނިއު ކަމާ އޮފްދަ އިއާ
  • މޮސްޓް ސަޕޯޓިވް ގެސްޓްހައުސް

ގެސްޓްހައުސް އެޑިޝަނަށް އަދި އެހެންވެސް ފަތުރުވެރިކަމުގެ ދާއިރާއަކަށް ނަން ްހުށަހެޅުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ކުރާތާ މަދުވެގެން އެއް އަހަރުވެފައި ވާންޖެހޭނެކަމަށް މަޓާޓޯއިން ބުނެއެވެ.

ޓްރެވަލް އެޖެންޓްސް، ޓްރެވަލް އޯގަނައިޒޭޝަން، އަދި ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން މި އެޑިޝަނުގައި ބައިވެރިވުމަށް ހުށަހަޅާ ނަންތަށް ބަލައިގަނެވޭނެކަމަށް މަޓާޓޯއިން ބުންޏެވެ. އަދި ގެސްޓްހައުސް އެޑިޝަންގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާ އަމިއްލަ ފަރާތްތަކަންވެސް ނަންހުށައެޅުމުގެ ފުރުސަތު އޮތްކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

ނަން ހުށައެޅުމުގައި ނަން ހުށައަޅަނީ ކޮން ދާއިރާ އަކުންކަށް ބަޔާންކޮށްފައި ހުންނަށް ވާނެކަމަށާއި، ޝަރުތު ހަމަވާކަމަށް ވާނަމަ އެއްދާއިރާއަށްވުރެ ގިނަ ދާއިރާތަކަށްވެސް ނަންހުށައެޅުމުގެ ފުރުސަތު އޮތްކަމަށް މަޓާޓޯއިން ބުންޏެވެ.

އީ މެއިލް އަދި އޮންލައިންކޮށް ހުށަހަޅާ ނަންތަށް ބަލައިގަނެވޭނެ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން އޮންނާނީ އަންނަ މަހުގެ 23 ވަނަ ދުވަހު މޯލްޑިވްސް ގެޓްއަވޭސް އިން ދަރުބާރުގޭގައި ބާއްވާ ގެސްޓްހައުސް ކޮންފަރެނސްގެ ތެރެއިންނެވެ.