Back
Nov 23, 2025 SUN
SUN

އެމްއެމްއޭ ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރައްވައިފި

އެމްއެމްއޭ ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރައްވައިފި
Lead photo

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ކ. މާފުށި، މުޝްތަރީގެ އަހުމަދު ނަސީރު އައްޔަން ކުރަން، މަޖިލީހުން މިއަދު ރުހުން ދީފައިވާތީ، އެމަގާމަށް އޭނާ މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ނަސީރު އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ މަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާދެއްވުމާގުޅިގެންނެވެ.

އެންމެ ފުރަތަމަ އެ މަގާމަށް އައްޔަނު ކުރެއްވުމަށް މަޖިލީހަށް ފޮނުއްވީ ކުރީގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމްގައި ހުންނެވި ނީޒާ އިމާދުއެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވަނީ ފަހުން ނީޒާގެ ނަން އަނބުރާ ގެންނަވާ ނަސީރުގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެވި ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ 33 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހްތިޖާޖް ކުރަމުން ދަނިކޮށް ނެގި ވޯޓުގައި، އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics