24 Aug 2017, 13:44
ހއ. ކެލާގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ކުންފުނި 84،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ބެލުމަށް ފަހު ޖޫރިމަނާކޮށްފައި ވަނީ ކެލާގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ އެޗްޑީ ކޭބަލް ޓީވީ ކުންފުނި ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމުގައި ވަނީ ރީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނުހޯދައި 42 ޗެނަލެއް އެއާޓެލް މެދުވެރިކޮށް ރީ ބްރޯޑްކާސްޓް ކޮށްފައިވާކަން އެ ކޮމިޝަނުން ބެލިބެލުމުން އެނގޭ ކަމަށެވެ.
އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ ކޮންމެ ޗެނަލަކަށް 2000 ރުފިޔާގެ ރޭޓުން 42 ޗެނަލަށް ޖުމްލަ 84،000 ރުފިޔާ އެވެ.