Back
Nov 23, 2025 SUN
SUN

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނަސީރު އައްޔަންކުރަން މަޖިލީހުން ރުހުންދީފި

އެމްއެމްއޭގެ ގަވަރުނަރު ކަމަށް ނަސީރު އައްޔަންކުރަން މަޖިލީހުން ރުހުންދީފި
Lead photo

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ކ. މާފުށި، މުޝްތަރީގެ އަހުމަދު ނަސީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ގަވަރުނަރު ކަމަށް އަހުމަދު ނަސީރު އައްޔަންކުރަން ފެންނަ ކަމަށް 33 މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. ނުފެނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްންވާފައެއްނުވެ އެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ނަސީރު އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އެ މަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާދެއްވުމާގުޅިގެންނެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރެވި ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ އަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics