ޮިުއުމުރުން 32 އަހަރުގެ ކުޅަދާނަ ބަތަލާ ޖެކްލީން ފާނާންޑޭޒް އުރުދޫ ބަސް ދަސްކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

" އަހަރެން އުރުދޫ ބަސް ވަރަށް ދަސްކުރާ ހިތްވޭ. މީހުން އެބަހުން ވާހަކަ ދައްކާއިރު އެ ބަހަށް ވަރަށް ޝައުޤުވެރިކަން އުފެދޭ. ބައެއް ބަސްތައް އެނގޭ. އެހެންވެ ފޮތެއްގައި ނޯޓްކޮށްގެންނަމަވެސް ބުނަން އުޅޭ ޖުމުލަ ފުރިހަމަ ކުރެވޭތޯ ބަލަން." ދަ ޓައިމްސް އޮފް އިންޑިޔާ އަށް ދިން އިންޓަވިއު އެއްގައި އޭނާ ހާމަކުރިއެވެ.

އެންމެ ފުރަތަމަ އުރުދޫ ބަހަށް ޝައުޤުވެރިވީ ފިލްމް "ކިކް"ގެ ޝޫޓިންގްތައް ކުރިއަށް ގެންދިޔަ ދުވަސްވަރުގައި ކަން ވެސް ޖެކްލީން ބުންޏެވެ.

ބަހްރައިން އަށް އުފަން ޖެކްލީން އިތުރަށް ހާމަކުރިގޮތުގައި، އުރުދޫ ބަހަކީ ވަރަށް ރީތި ބަހެއް ކަމަށެވެ. އެބަސް އެއްކޮށް ދަސްކުރުމަށް ވަރަށް މަސައްކަތް ކުރާނެކަމަށް އޭނާ ބުންޏެވެ.

ޖެކްލީން ވަނީ ސިނަމާގައި ކާމިޔާބު ހޯދައިފައިވާ އެތައް ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން 'ކިކް'، 'ޑިޝޫމް' ' ހައުސްްފުލް 3' ހިމެނެއެވެ.