23 Aug 2017, 19:17
ޔަަމަނުގެ ސަނާގެ ހުޅަނގުގައި މީހުން ދިރިއުޅޭ ސަރަހައްދަކަށް ސައުދީން ދިން ވައިގެ ހަމަލާތަކެއްގައި ޔަމަނުގެ އާންމުންގެ އެތައް ބަޔަކު މަރުވެއްޖެއެވެ.
އަރަބި ޓީވީ ޗެނަލެއް ކަމަށްވާ އަލް މަސީރާ ޓެލެވިޝަން ނެޓްވާކާ ހަވާލާދީ ބުނެފައިވާ ގޮތުގައި ސައުދީން ދިން ހަމަލާތަކުގެ ސަބަބުން އިމާރާތްތަކުން ދަށުވެފައިވާ 30 މީހެއްގެ ހަށިތައް ވަނީ ފެނިފައެވެ.
އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 70 އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މުރާސިލުން ބުންޏެވެ.
އެ ހަމަލާގެ އިތުރުން ސަނާގެ އުތުރު ސަރަހައްދެއްގެ ސެކިޔުރިޓީ ސެންޓަރަކަށް ދިން ހަމަލާގައިވެސް ޔަމަނުގެ ދެމީހުން މަރުވެ ދިހަ މީހުން ޒަހަމްވިއެވެ.
ސައުދީ އަރަބިއްޔާއިން ޔަމަނަށް ދޭ ހަމަލާތަކުގެ ސަބަބުން ޔަމަނުގެ ކުށެއް ނެތް އާންމުން މަރުވަމުންދާތީވެ ބައިނަލަގްވާމީ ފާޑުކިޔުންތައް ސައުދީއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.
ސައުދީން ޔަމަނާ ދެކޮޅަށް ހަމަލާދޭން ފަށައިފައި ވަނީ ޔަމަނުގައި ކުރިން ރައީސްކަން ކުރި އަބްދު ރަބޫ މަންސޫރު ހާދީ ސަރުކާރު ވައްޓާލުމަށް ފަހު ހޫތީން ޔަމަނުގެ ވެރިކަން ކުރަން ފެށުމުންނެވެ.
ޑިމޮކްރަސީގެ ނަމުގައި މިސްރާއި ތޫނިސް އާއި އަދި ލީބިޔާގެ މީހުން މަގުތަކަށް ނުކުމެ ވަރިކަން ވައްޓައިލި ދުވަސްވަރު ޔަމަނުގައި އޭރު ވެރިކަން ކުރަމުންދިޔަ ސަރުކާރާ ދެކޮޅަށްވެސް ވަރަށް ބޮޑެތި މުޒާހަރާތައް ބޭއްވިއެވެ. އެންމެފަހުން އޭރު ވެރިކަން ކުރަމުން އައި ސާލިހުގެ ސަރުކާރު ވަނީ އިސްތިއުފާ ދީފައެވެ.
އޭގެ ފަހުން ޔަމަނުގައި ބޭއްވި އިންތިހާބަށްފަހު ވެރިކަމަށް ވަޑައިގެންނެވީ އަބްދުލް މަންސޫރު އަލް ހާދީއެވެ. ނަމަވެސް 2014 ވަނަ އަހަރު ހޫތީ ހަނގުރާމަވެރިން ވަނީ ހަދީގެ ސަރުކާރު ވައްޓާލައި ޔަމަނުގެ ސަރުކާރު ހިންގަމުންނެވެ.
ހާދީއަކީ ސައުދީ އަރަބިއްޔާ އާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ގައުމެކެވެ. އެހެންކަމުން ސައުދީ އަރަބިއްޔާއިން ބޭނުންވަނީ ޔަމަނުގައި މިހާރު ވެރިކަން ކުރާ ހޫތީންގެ ވެރިކަން ވައްޓައިލައި ހާދީގެ ވެރިކަން އަނބުރާ ރުޖޫއަ ކުރާށެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީން ވަދެގަތީ ހޫތިން އެއަށްފަހުއެވެ.
ހާދީއަކީ ސައުދީ އަރަބިއްޔާ އާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެހެންކަމުން ސައުދީ އަރަބިއްޔާ އިން ބޭނުންވަނީ ޔަމަނުގައި މިހާރު ވެރިކަން ކުރާ ހޫތީންގެ ވެރިކަން ވައްޓައިލައި ހާދީގެ ވެރިކަން އަނބުރާ ރުޖޫއަ ކުރާށެވެ.
މިހާރު ވެސް ޔަމަނުގެ އެއްބައިގައި ވަރިކަން ހާދީ ކުރަމުންދާއިރު އަނެއް ބައިގައި ހޫތީންނާއި އަދި ސާލިހަށް ވަފާތެރި ގްރޫޕްތައް ދަނީ ހަނގުރާމަކުރަމުންނެވެ.