މާލެ ދެކުނު ފަރާތުގައި އަލަަށް ކެނޑި އާ ނެރު މައްޗަށް ޑިންގީއެއް ބަންޑުން ޖަހާލައި، އޭގައި ދަތުރު ކުރި ދެ މީހުން މޫދަށް ވެއްޓި، އަނިޔާވެއްޖެ އެވެ.

ޑިންގީ ބަންޑުން ޖަހާލުމުން އޭގައި ދަތުރު ކުރި ދެ މީހުން މޫދަށް ވެއްޓުމުން، އެކަކު ގެއްލިގެެން ނުފެނި ގިނަ ވަގުތު ހޭދަވި އެވެ. ނަމަވެސް ކޯސްޓުގާޑުން ވަނީ އޭނާ ނަގައި، އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މަންޒަރު ދުއް މީހުން ބުންޏެވެ. އަދި އޭނާގެ ހެޔެެއް ނެތް ކަމަށް ވެސް އެތަނުގައި ތިބި މީހުން ބުންޏެވެ.

ނެގި ރާޅެއްގެ ހޮޅިގަނޑު ތެރޭ އޮޅިގެން ބަންޑުން ޖެހީ. ރާޅުގެ ހޮޅީގައި ދެ ބުރު ވަރު ޑިންގީ އެޅިމަންޒަރު ދުއް މީހަކު

އެ ހާދިސާގައި ހާލު ބޮޑުވި މީހަކު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނުހިނގޭ ކަމަށްވެ އެވެ.

މަންޒަރު ދުއް މީހަކު ބުނީ ޑިންގީ ބަންޑުން ޖަހާލި ނެރުމައްޗަށް ބިންދާލި ރާޅެއްގެ "ހޮޅީ ތެރޭ އޮޅާލެވިގެން" ކަމަށެވެ.

އަނިޔާވި މީހަކު އެމްބިއުލާންސަށް އަރުވަނީ--- ސަން ފޮޓޯ

"ނެގި ރާޅެއްގެ ހޮޅިގަނޑު ތެރޭ އޮޅިގެން ބަންޑުން ޖެހީ. ރާޅުގެ ހޮޅީގައި ދެ ބުރު ވަރު ޑިންގީ އެޅި،" މަންޒަރުދުއް މީހަކު ބުންޏެވެ.

މަސްވެރިކަމަށް ބޭނުން ކުރާ 15 ވަރަކަށް ފޫޓްގެ އެ ޑިންގީގެ ކައްޕި 'ސަން'އަށް ބުނީ ޑިންގީ ބަންޑުން ޖަހާލީ ނެރުން ވަންނަން އަަންނަނިކޮށް ނިކުތް ލޯންޗެއްގެ ރާޅުގައި ޖެހިގެން ކަމަށާއި ބަންޑުން ޖަހާލުމާއި އެކު ދެ މީހުން ވެސް މޫދަށް ވެއްޓުނީ ކަމަށެވެ.

ބަންޑުން ޖަހާލުމާ އެކު ކައްޕި ފަތާފައި ތޮށި ގަނޑު މައްޗަށް އެރި ނަމަވެސް ދެން ހުރި މީހާއަށް ވަނީ ހިކި ފަސްތަނަކަށް އެރޭ ގޮތް ނުވެފަ އެވެ. އޭނާ ކަނޑުތެރެއިން ނެގީ އެ ނެރުން ވަންނަތް އައި އެހެން ލޯންޗަކުންނެވެ. ނެގި އިރު އޭނާގެ ހާލު ސީރިއެސް ކަމުން ވަނީ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ބަންޑުން ޖަހާލި ޑިންގީ ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އެ ސަރަހައްދުން ހޯދައި ޓީޖެޓީ ސަރަހައްދައް ވައްދާފަ އެވެ.