23 Aug 2017, 16:15
ދިޔަ ބޮޑުވެ އުދައަރާތީ މާލެ ހުޅުމާލެ ފެރީޓާމިނަލް ހިމެނޭ ފަޅާއި ފަޅުގެ ސަރަހައްދުން އުޅަދުތައް ނެރި ހުސްކުރަން ފަށައިފި އެވެ.
އުދައެރުމުގެ ސަބަބުން ފަޅާ ދިމާލު ބޮޑުތަކުރުފާނު މަގާއި މުޅި ސަރަހައްދުގައި ވަނީ ފެންބޮޑުވެފަ އެވެ.
މިހާރު ވެސް ފަޅުގައި ހުރި ބައެއް އުޅަނދުތައް ވަނީ ފަޅު ބޭރަށް ނެރިފަ އެވެ.
ފެރީ ޓާމިނަލް އިން ފެށިގެން ބޮޑު ތަކުރުފާނު އާޓިފިޝަލް ބީޗާ ހަމައަށް ވެސް ވަނީ އުދައިގެ އަސަރުކޮށްފަ އެވެ. އަދި މަގު ދުއްވާ ވެހިކަލްތަކަށް ލޮނުގެ އަސަރު ވެސް ކޮށްފައިވެ އެވެ.

އުދައެރުމުގެ ސަބަބުން ފަޅާ ދިމާލު ބޮޑުތަކުރުފާނު މަގާއި މުޅި ސަރަހައްދުގައި ދިޔަބޮޑުވެފައި ---
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.
މިއަދުގެ މޫސުން
- ރާއްޖޭގެ އެކިހިސާބަށް ކެރިގެއަސަރުފޯރާނެ، ގުގުރުންވެސް އެކަށީގެންވޭ.
- މެންދުރުފަހުން ވިއްސާރަކުރުމަކީ އެކަށީގެންވާކަމެއް.
- ހުޅަގާއި ހުޅަގު އުތުރުން ގަޑިއަކު 5 މޭލާ 15 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ.
- ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ.
- ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ.