23 Aug 2017, 16:23
އަންހެނުން ބާރުވެރިކުރުމަށް އެހީވެދީ، ކެޕިޓަލް މާކެޓް ޑިވެލޮމްމަޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ވުމެންސް ބޯޑާ އެކު އެެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކެޕިޓަލް މާކެޓް ޑިވެލޮމްމަޓް އޮތޯރިޓީގެ އެޑިއުކޭޝަން އެން ޓްރޭނިންގެ ހެޑް އަބްދުﷲ ޒަކަރިއްޔާ ވިދާޅުވީ ސަރުކާރުގެ ޕޮލިސީ އެކުލަވާލައިފާ ގޮތުން ބޯޑްގެ 40 ޕަސެންޓް މީހުންނަކީ އަންހެނުން ކަމުގައި ހަދަން ޖެހޭ ކަމުގަ އެވެ. ސަބަބަކީ ތައުލީ މީދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ނިކުންނަ މީހުންގެ ތެރެއިން ތިންބައި ކޮށްފައި ދެބައި މީހުންނަކީ އަންހެނުންކަމަށް ވާތީ އަންހެންނުންގެ ހިއްސާ ރާއްޖެގެ ތަރައްގީގައި ހިމެނެން ޖެހޭ ކަމަށް ފެންނާތީ ކަމުގައި ޒަކަރިއްޔާ ވިދާޅުވި އެވެ.
"މިސާލަކަށް ރާއްޖޭގެ ހާލަތަށް މިހާރު ބަލާލިޔަސް ޑިގްރީ ހަދައިގެން ނުކުންނަ 60 ޕަސެންޓް މީހުންނަކީ އަންހެނުން. ތައުލީމީ ކާމިޔާބަށް ބަލާ އިރު މިހާރު މިއަދުގެ ހާލަތުގައި އަންހެނުންގެ ވަރަށް ބޮޑު ހިއްސާއެއް ވޭ،" ޒަކަރިއްޔާ ވިދާޅުވި އެވެ.
ޒަކަރިއްޔާ ވިދާޅުވީ މުސްތަގްބަލުގައި ގައުމުގެ ތަރައްގީގައި ހާސިލް ކުރަންބޭނުންވާ ލަނޑުދަނޑިތައް ހާސިލް ވާން އޮތީ އެކަމުގައި އަންހެނުންގެ ހިއްސާ ބޮޑުކުރެވިގެން ކަމުގަ އެވެ.
މިހާރު ސްޓެލްކޯގެ ތަމްރީން ހޯލްގައި ސީއެމްޑީއޭ އާއި ވުމެންސް ބޯޑް ގުޅިގެންގެންދާ ތަމްރީން ޕްރޮގްރާމުގައި ވެސް އަންހެނުންނަށް އިސްކަންދީގެން އަންހެން ބޭފުޅުން ތަމްރީނުކުރެވިގެންދާ ކަމަށް ޒަކަރިއްޔާ ދިދާޅުވި އެވެ.