23 Aug 2017, 10:20
ޖެކީބަގްނާނި ލީޑްގައި ފެނިގެންދާ 'ކާބޮން'ގެ ޓްރެއިލާ އަށް ސުޝާންތްގެ ތަޢުރީފުގެ ބަސްތައް އޮހިއްޖެ އެވެ.
ސުޝާން ހާމަކުރި ގޮތުގައި މި ފިލްމު ވެގެންދާނީ ވަރަށް މޮޅު ފިލްމަކަށް ކަމަށާއި ބެލުންތެރިން މި ފިލްމް ބަލަން ޖެހޭނެ ކަމަށެވެ.
"އަހަރެން ޓްރެއިލާ ބެލިން. މުޅި ޓްރެއިލާ ވެސް އަހަރެންނަށް ވަރަށް ކަމުދިޔަ. މުޅި ފިލްމުގެ ކޮންސެޕްޓް ވެސް ވަރަށް ރީތިި. ވަރަށް ކަމުދޭ. ޓްރެއިލާ އިން ވެސް އެކަން ހާމަވޭ. މި ފިލްމަކީ އެހެން ފިލްމުތަކާ ޚިލާފަށް ކުރު ފިލްމެއް. ޖެކީގެ ރޯލު އޭނާ ވަރަށް ފުރިހަމަ އަށް އަދާކޮށްފި. އެކަމަށް އަހަރެން އޭނާއަށް މަރުހަބާ ކިޔަން." އޭނާ ބުންޏެވެ.
މި ފިލްމަކީ ތިމާވެށީގެ މަސައްލަތަކަަށް ބިނާކޮށްގެން އުފައްދާ ކުރު ފިލްމެކެވެ. ޖެކީގެ އިތުރުން މި ފިލްމުގައި އިސް ރޯލެއް އަދާ ކުރާނެ ދެ ތަރިންނަކީ ނަވާޒުއްދީން ސިދްޤީ އަދި ޕްރާޗީ ޑިސައި އެވެ.
ޖެކީ ބުނިި ގޮތުގައި މި ފިލްމު އެކި ފެސްޓިވަލްތަކުގައި އަޅުވާ ގޮތަށް ހަމަޖެއްސުމަށް ޓީމުން ވަރަށް މަސައްކަތްކުރާނެ އެވެ.
ާމި ފިލްމަކީ ރާމިޒް އިލްހާމް ޚާން ޑައިރެކްޓް ކޮށް އުފައްދާ ފިލްމެކެވެ.