23 Aug 2017, 10:04
އިންޑިއާ އަދި ޕާކިސްތާންއަކީ މިނިވަންކަން ލިބުނީއްސުރެ ދެގައުމުގެ ދެމެދުގައި އަބަދުވެސް ވަރަށް ހަމަނުޖެހުން ބޮޑު ދެ ގައުމެވެ. ހަމައެފަދައިން އެ ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި ވެސް ރުޅިވެރިކަމުގެ ޝުއޫރުތައް އަބަދުހެން އުތުރިއަރަމުން ދެއެވެ. ނަމަވެސް އެ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމްވާތަން ދެކެން ކެތްމަދުވެފައި ތިބި މީހުންވެސް އެ ދެގައުމުގައި މަދުން ނަމަވެސް އުޅެއެވެ. ދާދިފަހުން ދެ ގައުމުގެ މިނިވަން ދުވަހު އިންޑިއާ އާ އަދި ޕާކިސްތާނަށް ނިސްބަތްވާ ދެ ގްރޫޕަކުން އެ ދެގައުމުގެ ގައުމީ ލަވަކިޔުމުން އެވީޑިއޯ ވަރަށް ބޮޑަށް ވައިރަލްވިއެވެ.
މިފަހަރު މަޝްހޫރުވެގެން އުޅެނީ އިންޑިއާގެ ޕަންޖާބުގެ 40 އަހަރުގެ މީހެއް ކަމަށްވާ ގުރްމީތު، ޕާކިސްތާނާ އިންޑިއާއާ ދެމެދު ސުލްހަ ޕްރޮމޯޓް ކުރުމުގެ ގޮތުން އޭނާގެ ދެ ދަރިންނަށް "ބާރުތު" އަދި "ޕާކިސްތާން"ގެ ނަމުން އެ ދެ ދަރިނަށް ނަން ދިން ވާހަކައެވެ.
ޕާކިސްތާނުގެ ބޯޑަރު ކައިރީގައި ދިރިއުޅޭ ގުރުމީތަކީ ތަޅާފޮޅުމާއި ހަމަނުޖެހުން ފަދަ ކަންތައްތަކަށް ވަރަށް ބޮޑަށް ނަފްރަތު ކުރާ މީހެކެވެ. ގުރުމީތަކީ ޕާކިސްތާނާއި އިންޑިއާ ވަކިވިތާ ކުޑަދުވަސްކޮޅެއް ފަހުން އުފަންވިމީހެކެވެ.
ގުރުމީތު އޭނާގެ އެއް ދަރިފުޅުގެ ނަން ޕާކިސްތާނުގެ ނަމަށް ބަދަލުކުރި ނަމަވެސް އޭނާގެ ދަރިފުޅު ސްކޫލަށް ވެއްދުމަށް ދެކޮޅުހެދުމުން އޭނާއަށް ޖެހުނީ އޭނާގެ ދަރިފުޅުގެ ނަން ބަދަލު ކުރާށެވެ. ނަމަވެސް މިހާރުވެސް ގުރުމީތު އޭނާގެ ދަރިފުޅަށް މުހާތަބުކޮށް ކިޔައި އުޅެނީ ޕާކިސްތާނުގެ ނަމުންނެވެ.
ގުރުމީތު ވަނީ އޭނާގެ އަމިއްލަ ވަޑާންގެއަށް ވެސް "ބާރަތު ޕާކިސްތާނު ވުޑްވާކަރ" ގެ ނަމުން ނަން ދީފައެވެ.