22 Aug 2017, 23:22
އިދިކޮޅު ފަރާތްތަކުން ފަޑިޔާރުގެއަށް ނޫފޫޒު ފޯރުވާފައިވާ ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ އެހެން ވިދާޅުވީ އެމްޑީއޭ ޖަގަހާގައި މިރޭ ބޭއްވި ޖަލްސާއެއްގަ އެވެ.
ފަޑިޔާރުގެއަށް ނުފޫޒު ފޯރުވުމަކީ "ކޮބައިތޯ އޭ" ވިދާޅުވެ ސުވާލު އުފައްދަވައި މޫސަ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އިސްވެރިންތަކެއް އުއްތަމަފަނޑިޔާރާ ބައްދަލު ކުރެއްވުމަށް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް އިއްޔެ ވަޑިގެންނުކުމެ
"ފަޑިޔާރު މަނިކުފާނު މި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ލިޔެފައި އޮތް ހުކުމެއް މި ތިއްބެވި ހަތަރު ލީޑަރުންނަށް [އިދިކޮޅު ލީޑަރުންނަށް] އެނގެންވީ ކޮން ސަބަބަކާ ހުރެތޯ؟ އެއީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނޫން ތޯ؟ ސުޕްރީމް ކޯޓުގެ ދޮރު މައްޗަށް އެއްވެފައި އެ ވިދާޅުވަނީ ތިމަންނަމެންނަށް އެނގެއޭ ލިޔެފައި އޮތް ޚުކުމް،" މޫސާ ވިދާޅުވިއެވެ.
މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވީ އިދިކޮޅު ލީޑަރުން ސާފުކޮށް އެ ވިދާޅުވީ ސުޕްރީމް ކޯޓުން ލިޔެފައިވާ ހުކުމް އެނގޭ ކަމަށާއި އެކަން ފަޑިޔާރުން ބަލަން ޖެހޭނެ ކަމަށެވެ.
"މިއީ ކަނޑައެޅިގެން ފަޑިޔާރުގެ އިން ބަލަން ޖެހޭނެ މައްސަލައެއް. ފަޑިޔާރުގޭގެ މިނިވަން ކަމުގެ މައްޗަށް ބާރު ފޯރުވުމުކަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ހައްގެއް ނޯންނާނެ. އަދި ދިވެހި ރައްޔިތަކަށް ވެސް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީތަކުގެ އިއްޔެ ސުޕްރީމް ކޯޓަށް ވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނާ ހަތަރު މެންބަރެއްގެ މައްސަލާގައި ހުކުމް އަވަސް ކޮށްދިނުމަށް އެދެމަށެވެ.
ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު( އިބޫ) ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފަހުން މަހެއްހާ ދުވަސް ވެދާނެ ކަމަށާއި އެފަރާތްތަކުން ގަބޫލުކުރައްވަނީ އެ މައްސަލާގައި މިހާރު ވާނީ 'ކޮންމެ ވެސް ގޮތެއް ނިމިފައި' ކަމަށެވެ.