22 Aug 2017, 12:51
މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ވަރިވި މީހުންގެ އަދަދު 1476 އަރާކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޖުޑިޝަރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 2292 ކައިވެންޏެއް ވަނީ ކޮށްފަ އެވެ. އަދި މި އަހަަރު ކުރި ވަރީގެ އަދަދު 1476 އަށް އަރަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ވަރި ކުރި އަދަދު މަދުކަން ފާހަގަކޮށްލަން ޖެހެ އެވެ. މިދިއަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ކޮށްފައިވަނީ 1808 ވަރި އެވެ. އެހެންކަމުން އެއީ 18 ޕަސެންޓްގެ ދަށްވުމެކެވެ.
ވޭތުވެ ދިޔަ އަހަރު ޖުމްލަ ވަރި ކުރި މީހުންގެ އަދަދު 3417 އަށް އަރަ އެވެ.
އާންމުކޮށް ވެސް ރާއްޖެއަކީ ވަރި ގިނަ ގައުމެއްކަން ދިރާސާތަކުން ދައްކަ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ވޭތުވެ ދިޔަ އަހަރު ވަރީގެ އަދަދު 2015 ވަނަ އަހަރަށްވުރެ ވެސް ގިނަ ކަމެވެ.