ދިވެހިރާއްޖޭގެ ތާރީހާ ވަރަށް ބޮޑަށް ގުޅުން އޮތް، ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަނުގެ ނަން "ރަސްރަނި ބަގީޗާ"ގެ ނަމަށް ބަދަލުކޮށްފި އެވެ.

އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު، އެ ބަގީޗާ މިރޭ ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

ބަގީޗާ ހުޅުވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަދި ހަގު ދަރިކަލުން ވަނީ އެތަނުގައި ތަރައްގީކޮށްފައިވާ އެކިތަންތަން ބައްލަވާލައްވާ ލައްވާފަ އެވެ.

އެ ބަގީޗާގައި ކުޑަކުދިނަށް ފަހިކޮށްދީފައިވާ ހިދުމަތްތަކާއި ފުރުސަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީހާ ގުޅޭ މައުލޫމާތު ޒަމާނާ އެއްގޮތަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދުމާއި ޖާގަ ތަނަވަސް ބޮޑު ސަރަހައްދެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ރަސްރަނި ބަގީޗާގައި ހިމެނޭ ބައިތައް:

  • އާޓް ޑެކް

  • ޖަލްސާތަކާއި ބައްދަލުވުން ބޭއްވޭ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދުމާއި ޖާގަ ތަނަވަސް ކްލާސްރޫމްތަކެއް
  • މަތި ގެ - ތާރީހާ ގުޅޭ މައުލޫމާތު ޒަމާނާ އެއްގޮތަށް ލިބޭނެ އިންތިޒާމު
  • ތިން ޕްލޭއިން ގްރައުންޑް
  • ފެން އަރުވާވަޑާމު

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ ދަރިކަލުންގެ އިތުރުން ހައުސިން މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.