24 Jul 2011, 17:08
ލ. ކުނަހަންދު އަށް ދިޔަ އެ އަތޮޅު މާމެންދޫ ބަޔަކާއި ކުނަހަންދޫ ބަޔަކާ ދެމެދު ހިނގި މާރާމާރީއެއްގައި ކުނަހަންދޫ މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބި ކުނަހަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަދެ އެވެ.
ކުނަހަންދޫ ކައުންސިލް އިދާރާގެ މީޑިއާ ކޯޑިނޭޓާ ލިރުޣާމް ސައީދު މިއަދު ވިދާޅުވީ ކުނަހަންދޫ އާއި މާމެންދޫ މީހުންނާ ދެމެދު މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތް ފުޓުބޯޅަ މެޗެއް ފެށުމެގެ ކުރިން އެ ރަށުގައި ހިންގި މާރާމާރީ އެއްގައި ކުނަހަންދޫ ދުންފިނިގޭ މުހައްމަދު އިދުރީސަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ލިރުޣާމް ވިދާޅުވީ އިދުރީސްގެ ބޮލުގައި ދަގަނޑު ބުރިއަކުން މީހަކު ޖެހުމުގެ ސަބަބުން އޭނާގެ ބޮލަށާއި ކަންފަތަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ އިރު އަދިވެސް އޭނާ ހޭނާރާ ކަމަށެވެ.
ލިރުޣާމް ވިދާޅުވީ މާރާމާރީ ހިނގަން މެދުވެރިވީ ކީއްވެ ކަމެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އިދުރީސަށް ހަމަލާ ދީފައި ވަނީ ގުރޫޕަކުން ކަމަށް މަންޒަރުދުށް މީހުން ބުނާ ކަމަށެވެ.
ލިރުޣާމް ވިދާޅުވީ މާރާމާރީއާ ގުޅިގެން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މިހާރު ފުލުހުން އެ ރަށަށް ދާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.