ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރެއްވުމަށް މަޖިލީހަށް ރުހުން ހޯދަން ފޮނުވައިފި އެވެ.

ދުވަސްތަކަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާ ކޮށްފައިވާއިރު އެ ޖަލްސާގައި ވަނީ މުންދުގެ ނަން ދިރާސާ ކުރެއްވުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުމަށް އެޖެންޑާ ކޮށްފަ އެވެ.

މުންދު އަކީ މިހާރު ވެސް ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. މުންދު އެ މަގާމުން ވަކިކުރި ކަމެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ސްރީލަންކާގައި ކުރިން ރާއްޖޭގެ ސަފީރެއްގެ ގޮތުން ހުންނެވީ ޒާހިޔާ ޒަރީޒު އެވެ. ޒާހިޔާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.