Back
Nov 23, 2025 SUN
SUN

އާތިފްގެ ޖަނާޒާ ބާއްވައިފި

އާތިފްގެ ޖަނާޒާ ބާއްވައިފި
Lead photo

ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރު އަދި މަޝްހޫރު ލަވަކިޔުންތެރިޔާގެ ޖަނާޒާ މިރޭ ބާއްވައިފި އެވެ.

އާތިފްގެ ޖަނާޒާ ބާއްވާފައި ވަނީ މިރޭ 11:45 އެހައިކަންހާއިރު އާސަހަރާގައެވެ. އޭނާގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބައިވެރިވެވަޑައިގެންނެވި އެވެ.

ބޮޑު ޖަމާއަތަކާ އެކު އާތިފްގެ ކަށުނަމާދު ކުރީ އާސަހަރާ މިސްކިތުގަ އެވެ.

އޭނާއަށް އެންމެ ފަހުގެ އިހްތިރާމު އަދާކުރުމުގެ ގޮތުން މޫނު ދެކިލުމަށް ނައިބު ރައީސް އަބްދުﷲ ޖިހާދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝާހިދުގެ އިތުރުން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި އަހުމަދު ފަސީހު ހިމެނިވަޑައިގަންނަވަ އެވެ.

އާތިފު އަވަހާރަވީ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހދ. ހަނިމާދޫގައި ހުއްޓަ އެވެ. އޭނާ އަވަހާރަވިކަން ކަށަވަރުވީ މިއަދު ހެނދުނު ހޭނުލައިގެން، އޭނާ ހުރި ސިފައިންގެ މަރުކަޒުގެ ކޮޓަރި ބެލުމުންނެވެ.

އުމުރުފުޅުން 52 އަހަރުގައި އާތިފު ނިޔާވި އިރު، އާތިފް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ސިފައިންގެ ޑްރާމާއަކަށް އޭނާ ކިޔާފައިވާ "ދޭނަން ހިތާ ޖާނާ" އަދި "ވާށޭ މަށާ އެކީ" ފަދަ ލަވަތަކުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics