21 Aug 2017, 08:58
މޯލްޑިވްސް ކަސްޓަމްސްގެ ޔުނީފޯމަށް ބަދަލުތަކެއް ގެނެސް އާ ޔުނީފޯމް އިފްތިތާހު ކޮށްފި އެވެ.
ކަސްޓަމްސްއަށް 127 އަހަރު ފުރުމުގެ މުނާސަބާގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އާ ޔުނީފޯމް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒުލީން އަހުމަދެވެ.
ކަސްޓަމްސްގެ އައު ޔުނީފޯމް މިނިސްޓަރު އަޒްލީން އިފްތިތާހު ކޮށްދެއްވުމާ އެކު ފަސް ދާއިރާއަކަށް ހާއްސަކޮށްފައިވާ ޔުނީފޯމުތަކެއް ވަނީ ދައްކާލައިފަ އެވެ.
އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްްޒަފުންގެ އިތުރުން ބުރުގާ އަޅާ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކަސްޓަމްސްގެ ޔުނީފޯމްތައް ވެސް ރޭ ދައްކާލި އެވެ.
ކަސްޓަމްސްގެ އޮޕަރޭޝަނަލް ޔުނީފޯމް: ފަސް ދާއިރާއަކަށް ޔުނީފޯމު ހާއްސަކޮށްފައިވޭ --- ސަންފޮޓޯ/ ފަޔާޒް މޫސާ
އަލަށް ތައާރަފުކުރި ކަސްޓަމްސްގެ ފަސް ޔުނީފޯމްގެ ތެރޭގައި ކަސްޓަމްސް އޮފިސަރުންގެ ރަސްމީ ޔުނީފޯމާއި ކަނޑުމަތީގައި ދުއްވާ އުޅަނދު ފަހަރުގައި ހަރަކާތްތެރިވާ އޮފިސަރުންނާއި މުދާ ދޫކުރުމުގަޔާއި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޔުނީފޯމާއި ކަސްޓަމްސް އޮފިސަރުންގެ ސެރެމޯނިއަލް ޔުނީފޯމާއި ކަސްޓަމްސްގެ ސަޕޯޓް ސާވިސް މުވައްޒަފުންގެ ޔުނީފޯމްގެ އިތުރުން ކަސްޓަމްސްގެ އެކްޓިވިޓީ ޔުނިފޯމް ހިމެނެ އެވެ.
ކަސްޓަމްސްގެ ރަސްމީ ޔުނީފޯމް--ސަންފޮޓޯ/ ފަޔާޒް މޫސާ
ކަސްޓަމްސްގެ ރަސްމީ ޔުނީފޯމްގެ ކުލަޔަށް ބަދަލެއް ގެނެސްފައި ނުވިއަސް ޔުނީފޯމުގެ ޑިޒައިން ޒަމާނާ އެއްގޮތަށް ބަދަލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރޭ ބޭއްވި ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އެ ޖަލްސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ.