ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލައިފިއެވެ.

އެ ދައުވާ އުފުލާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިން ފުލުހުންގެ ސަފުތައް ފަޅި ކަމަށް ތުހުމަތުކޮށެވެ.

އެ މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެ މެމްބަރުންގެ ތެރެއިން ސައުދު ހުސައިނާއި މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން މުހައްމަދު އަމީތުގެ މައްޗަށް އިތުރު ދައުވާއެއް ވެސް ވަނީ އުފުލާފައެވެ. އެއީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ. އެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން މައްސަލައާ ގުޅިގެންނެނެވެ.