ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ސްރީލަންކާގެ އިވެލުއޭޝަން އިއްޔެ ފަށައިފި އެވެ.

ރާއްޖެއިން ނޮމިނޭޓުވި ފަރާތްތަކުގެ އިވެލުއޭޝަން ނިންމާލުމަށް ފަހު ސާޓާގެ ޖަޖިން ޕެނަލް ލަންކާއަށް ފުރައިވަޑައިގަތީ އިއްޔެ މެންދުރު އެވެ. ލަންކާގެ އިވެލުއޭޝަން ފަށާފައިވާ އިރު ލަންކާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ބްރޭންޑުތައް މިއަހަރު ވަނީ ނޮމިނޭޓުކޮށްފަ އެވެ.

ސްރީލަންކާއިން ނޮމިނޭޓުވެފައިވާ ފަރާތްތައް:

  1. ގޯލް ފޭސް ހޮޓެލް

  2. ޖެޓްވިން ބީޗް
  3. ޖެޓްވިން ބްލޫ
  4. ޖެޓްވިން ލެގޫން
  5. ޖެޓްވިން ކަޑުރުކެތާ
  6. ޖެޓްވިންގް ލައިޓް ހައުސް
  7. ޖެޓްވިން ޓެންޓެޑް ވިލާސް
  8. ޖެޓްވިން ޔާލާ
  9. މޫވެންޕިކް ހޮޓެލް ކޮލޮމްބޯ
  10. މައުންޓް ލެވީނާ ހޮޓެލް
  11. ފައިންމައިފެއާ
  12. ރިއު ސްރީލަންކާ
  13. ރޯޔަލް ޕާމް ބީޗް
  14. ބީއެމްއައިސީއެޗް
  15. ކޮލޮމްބޯ ކޯޓްޔާޑް
  16. ކޭސަންސް
  17. ސިނަމަން ލޮޖް
  18. ސިނަމަން ވައިލްޑް
  19. ސިނަމަން ބޭ
  20. ސިނަމަން ސިޓަޑެލް
  21. ހަބަރާނާ ވިލެޖް
  22. ހިއްކަ ޓްރާންޒް
  23. ޓްރިންކޯ ބްލޫ
  24. އަމާޔާ ހުނާސް ފޯލްސް
  25. އަމާޔާ ލޭކް
  26. އަމޫނާ އާޔުރްވެދަ ރިޓްރީޓް
  27. ދަ ކިންގްސްބަރީ
  28. ޗެނާ ހަޓްސް ވަނީ އުގާ އެސްކޭޕްސް
  29. ޖަންގަލް ބީޗް ބައި އުގާ އެސްކޭޕްސް
  30. ސެންތާރާ ސީސޭންޑްސް
  31. ސްޕާ ކެންވަރީ
  32. ރެޒިޑެންސް ބައި އުގާ އެސްކޭޕްސް
  33. އުގާ ބޭ ބައި އުގާ އެސްކޭޕްސް
  34. އުއްލަ ގައްލާ ބައި އުގާ އެސްކޭޕްސް

ސާޓާގެ އިވެލުއޭޝަން ޝެޑިއުލަށް ބަލާއިރު ސްރީލަންކާގެ އިވެލުއޭޝަން އޮންނާނީ ވެރިރަށް ކޮލޮމްބޯގެ ރަމާޑާ ހޮޓެލްގަ އެވެ. އަންގާރަ ދުވަހުގެ ނިޔަލަށް ލަންކާގެ ޖަޖިން ނިންމާލުމަށް ފަހު އިންޑިއާ އިން ނޮމިނޭޓުކޮށްފައިވާ ފަރާތްތަކުގެ އިވެލުއޭޝަން 23 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގައި ކުރިއަށްދާނެ އެވެ.

އުތުރު އިންޑިއާ ސަރަހައްދުން ނޮމިނޭޓުވެފައިވާ ބްރޭންޑުތަކުގެ އިވެލުއޭޝަން އޮންނާނީ މިމަހުގެ 27 އިން ފެށިގެން 29 ގެ ނިޔަލަށް ނިއުދިއްލީގަ އެވެ. އަދި 29 ވަނަ ދުވަހުން ފެށިގެން ނޭޕާލާއި ބޫޓާނުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަން ކުރިއަށް ގެންދާއިރު ސެޕްޓެމްބަރު މަސް ފެށެންވާ އިރު އިވެލުއޭޝަން މަސައްކަތް އެއްކޮށް ނިންމާލާނެ އެވެ.

ސާޓާގެ އޮންލައިން ވޯޓިން މިހާރު ވެސް ހުޅުވާލާފައިވާ އިރު އެ އެވޯޑަށް ސަރައްހައްދުގެ ފަސް ގައުމަކުން ވަނީ ބޮޑެތި ބްރޭންޑުތައް ނޮމިނޭޓުކޮށްފަ އެވެ. އެއާކު މިފަހަރުގެ އެވޯޑަށް 450 އަށް ވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފަ އެވެ.

މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގަ އެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެ އަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެ އަށް ވަނީ ލިބިފަ އެވެ.

މި އަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނޭ އިރު އެވޯޑު ހަފްލާ އޮންނާނީ އައްޑޫ ސިޓީ އީކުއޭޓާ ވިލެޖުގައި އަންނަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.