20 Aug 2017, 13:21
ޔޫރަޕް އަދި މެދު އިރުމަތީގައި މަޝްހޫރުކަން ހޯދާފައިވާ ކޯނޭ ބްރޭންޑްގެ އެލިވޭޓާސް އެސްޓީއޯ އިން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯނޭ ބްރޭންޑްގެ އެލިވޭޓާސް (ލިފްޓް) ރާއްޖެ އަށް ތަޢާރަފްކުރުމާ ގުޅިގެން ޕްރޮމޯޝަނަލް އޮފާ އެއްގެ ގޮތުން އެންމެ ފުރަތަމަ އެލިވޭޓާސް ގަންނަ ފަސް ފަރާތަކަށް ހަރުކޮށްދިނުމުގެ ޙިދްމަތް ހިލޭ ފޯރުކޮށްދެވޭނެ ކަމަށެވެ. އޭގެ އިތުރުން ގަންނަ ކޮންމެ އެލެވޭޓާ އަކަށް 12 މަސް ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ކަސްޓަމަރު ބޭނުންފުޅުވާ ގޮތަކަށް އެލަވޭޓާ ޑިޒައިންކޮށް އިންސްޓޯލްކޮށްދީ އާފްޓާ ސޭލްސް ސާވިސްގެ ހިދުމަތް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ކޯނޭ އެލިވޭޓާސް އަކީ މައްކާ ކްލޮކްޓަރަވާ، މެރީނާބޭ ސޭންޑްސް ސިންގަޕޯ ފަދަ ތަންތާގައި ހަރުކުކޮށްފައިވާ އެލިވޭޓާ އެކެވެ. އަދި އެއާ އެކު ދުނިޔެއަށް ފުރަތަމަ މެޝިން ރޫމްލަސް އެލެވޭޓާ ޓެކްނޮލޮޖީ ތައާރަފްކުރީ ވެސް ކޯނޭއިންނެވެ. މީގެ އިތުރުން ކޯނޭގެ އަލްޓްރާ ރޯޕް އަކީ ވެސް އެ ކުންފުނީގެ އުފެއްދުމެކެވެ.
ކޯނޭއަކީ އެލިވޭޓާސްގެ އިތުރުން އެސްކަލޭޓާސް އަދި އޯޓޯ ވޯކް އަދި އޮޓޯ ޑޯސް ވެސް އުފައްދާ ކުންފުޏެކެވެ. ކޯނޭ އިން ވަނީ މިހުރިހާ ޕްރޮޑަކްޓްސްގެ ރާއްޖޭގެ އޮތޯރައިޒް ޑިސްޓްރިބިއުޓާ އަކަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ހަމަޖައްސައިފަ އެވެ.