ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މެއަށް ތަދެއް އަރައިގެން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފިއެވެ.

އަބްދުއްރަހީމް ވަނީ މީގެ ކުރިން ވެސް ހިތުގެ މައްސަލައަކަށް ރާއްޖޭން ބޭރުން ވެސް ފަރުވާ ހޯދާފައެވެ. އާއިލާގެ ބޭފުޅަކުސަންއަށް މައުލޫމާތު ދިން ގޮތުގައި އަބްދުއްރަހީމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިހާރު އޮތީ އޮބްޒަވޭޝަންގައި ކަމަށް މައުލޫމާތު ދިނެވެ.

"24 ގަޑިއިރު އޮބްޒަވޭޝަންގައި ބާއްވާފައި އޮތީ. އެހާ ސީރިއަސްއެއް ނޫން،" އަބްދުއްރަހީމްގެ އާއިލާއިން ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިއެވެ.

އަބްދުއްރަހީމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާއިރު، "ރުމާލު 2" ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވެސް އޭނާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ނަމަވެސް އެ ޖަލްސާގައި އޭނާ ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.