ރައްޔިތުންގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހް (ލޯޔަރު ވައްޑޭ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ވައްޑޭ ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ރޭއެވެ. އޭ ހައްޔަރުކުރީ އެދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަެރުން މަޖިލީހުގެ އިދާރާގެ ތެރެއަށް ވަން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މިއަދު ވައްޑޭ ދޫކޮށްލި ހަތަރު ފަހަރަކަށް ބަންދުގެ މުއްދަތު މީގެކުރިން އިތުރުކޮށްފައި ވަނިކޮށެވެ. އެންމެފަހުން އިތުރުކުރި ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ވައްޑޭ ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ.

އޭނާ ދޫކޮށްލަން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނާ ޚިލާފު ކަމެއް ނުކުރުމާއި ފުލުހުންނަށް ގުޅޭނެ މޮބައިލް ނަންބަރެއް ދިނުމެވެ.