ޅ. ކުރެންދޫން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ، އެ ތަކެތި ހޯދާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހަތަރު ގެއެއް ބަލައި ފާސްކުރުމުން ކަމަށެވެ.

އެގޮތުން ހަތަރުގޭގެ ތެރެއިން ދެ ގެ އަކުން ސިހުރު ހެދުމަށް ބޭނުންކުރާ 20 ފޮތެއްގެ އިތުރުން ސިހުރުކަމަށް ބެލެވޭ އެއްޗެއް ލިޔެފައިވާ 20 ކަރުދާސްގަނޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.