އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލުހިންގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކައްދޫ އެއާޕޯޓުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ 'ސަން' އަށް ވިދާޅުވީ އަންހެނަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ކައްދޫ އެއާޕޯޓުގައި މާލެ ދިއުމަށް ގޮސް ހުއްޓާ މިރޭ 7:00 ޖެހިކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުގައި މިރޭ ކައްދޫ އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ މީގެ ކުރިން ލ. މާމެންދޫ ކައުންސިލް މެންބަރުކަން ކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މިހާރު ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ ނޫސްވެރިއެކެވެ.