16 Aug 2017, 18:22
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުގީގު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ވާގޮތުން،ފުލުހުން ހޯދަމުންދަނީ ކ. ކާށިދޫ، ދަފްތަރު ނަންބަރު 02، އިބްރާހިމް ނިޔާޒް،32 އާއި ނ. މާފަރު، ސިމްލާހައުސް، މުޙައްމަދު ޢަބްދުލްމަޖީދު، 24 އަދި ލ. އިސްދޫ، ދޫރެސް، މަޢުޞޫމު ފަހުމީ، 36، އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މީހުންގެ ތެރެއިން އިބްރާހިމް ނިޔާޒް ހޯދަމުންދަނީ މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައި ކޮޅުވެއްޓިއަކުން ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މުޙައްމަދު ޢަބްދުލްމަޖީދު ހޯދަމުންދަނީ މިއަހަރުގެ ޖޫން މަހުހެ ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
އަދި މައުޞޫމް ފަހުމީ ހޯދަމުންދަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ ޗެކް ބައުންސް މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ވީމާ އެ ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.