16 Aug 2017, 14:47
މިސްކިތުގެ ތެރޭގައި ގަބުރު ހުރިތޯ ބެލުމަށް ނީލޯފަރުމަގާއި ރައްދެބައި މަގު ގުޅޭ ކަންމަތީގައި ހުންނަ ބިހިރޯޒްކަމަނާ މިސްކިތް ބަންދުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެކްޓިން މިޑިއާ ކޯޑިނޭޓަރު މުހައްދު ރިޒާ މިއަދު "ސަން" އަށް ވިދާޅުވީ އެ މިސްކިތް ބަންދުކުރީ މިސްކިތުގެ ގޯތިތެރެއިން ގަބުރު ފެނިފައިވާތީ އެ ގަބުރުތައް ނެގުމަށް ކަމަށެވެ. ނަމަވެސް މިސްކިތުގެ ގޯތިތެރޭގައި ގަބުރު ނެތްކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ އިޝާނަމާދަށް ފަހު އެ މިސްކިތް ވަނީ ބަންދުކޮށްފަ އެވެ. އެ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމަނާފައިވާ މިސްކިތެކެވެ. ބޮޑުތަކުރުފާނުގެ ޒިޔާރަތް ވެސް ހުންނަނީ އެ މިސްކިތާ ޖެހިގެންނެވެ.
ދީނީއިލްމުވެރިން ވިދާޅުވާ ގޮތުގައި މިސްކިތުގެ ގޯތިތެރޭގައި ގަބުރު ހުއްޓަސް މިސްކިތުގައި ނަމާދު ކުރެވޭނެ އެވެ. ހަމައެކަނި މައްސަލައަކަށް ވަނީ މިސްކިތް ހުންނަ ތަނުގައި ހަބުރު ހުރުމެވެ.