16 Aug 2017, 14:54
ޖަސްޓިސް ބިލްޑިންގް ކައިރީގައި ހުންނަ ޒިޔާރަތް މިސްކިތާއި އަލިވާގެ ކައިރި ހުންނަ ފައިފުހޭ މިސްކިތް ތަޅާލައި ހަމަ އެ ބިންތަކުގައި އާ ދެ މިސްކިތް އަޅަން ތައްޔާރު ވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އެކްޓިން މީޑިއާ ކޯޑިނޭޓަރު މުހައްމަދު ރިޒާ ވިދާޅުވީ އެ ދެމިއްކިތް ތަޅާލާފައި ވަނީ އެނުގައި އާ މިސްކިތްތަކެއް އެޅުމަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
އަދި ވަރަށް އަވަހަށް އެތަނުގެ ކުރެހުން އާންމުކުރާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
ޒިޔާރަތް މިސްކިތާއި ފައިފުހޭ މިސްކިތަކީ ވަރަށް ޒަމާންވީ ދެ މިސްކިތެވެ. ނަމަވެސް އާސާރީ ބިނާތަކުގެ ތެރޭގައި އެ ދެ މިސްކިތެއް ނުހިމެނެ އެވެ. އެ ދެ މިސްކިތަކީ ވެސް ހިރިގަލުން ހަދާފައި ހުރި ދެ މިސްކިތެވެ.
މާލޭ ސަލްޓަން ޕާކުގައި ހުރި ކަޅުވަކަރު މިސްކިތް ސަރުކާރުން ވަނީ ނަގައިގެން ގެންގޮސްފަ އެވެ. އެ މިސްކިތް ގެންގޮސްފައި ވަނީ ތިނަދުއަށެވެ.