އުރީދޫގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން، އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް މަރުޙަބާ ކިއުމުގެ ގޮތުން، ރާއްޖޭގެ އެންމެ ހަލުވި ޑޭޓާ ސްޕީޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މުޅިން ހިލޭ ތަޖުރިބާ ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.

އިއްޔެ އުރީދޫންއިން މި ފެށި އޮފާއަކީ އުރީދޫގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކަސްޓަމަރުންނަށް ދޭ ހާއްސަ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

މިފެށުނު ލިމިޓެޑް އޮފަރ، އުރީދޫ އާއި ގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ހާމަކުރާ ގޮތުގައި، މި އޮފާގެ ދަށުން އުރިދޫއަށް އަލަށް ގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، އެއް އަހަރު ދުވަހާ ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެއެވެ. އަދި އަލަށް ގުޅޭ ޕްރީޕެއިޑް ކަސްޓަމަރުންނަށް، މަހަކު 50ރ. ޚިދުމަތް ބޭނުންކުރެއްވުމުން، ހަ މަސް ދުވަހާއި ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެއެވެ.

އުރީދޫއަށް އަލަށް ގުޅޭ ކަސްޓަމަރުންގެ އިތުރުން އުރީދޫގެ ޚިދުމަތް މިހާރު ހޯދަމުންދާ ކަސްޓަމަރުންނަށްވެސް ހިލޭ ޑޭޓާ ލިބޭނެގޮތް ވަނީ ހަމަޖެހިފަކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން އުރީދޫގެ ޚިދުމަތް މިހާރު ހޯދަމުންދާ ކަސްޓަމަރުން ޕެކޭޖް އަޕްގްރޭޑް ކުރުމާ އެކު، އެއް އަހަރު ދުވަހާ ހަމައަށް މަހަކު ހިލޭ 1.2 ޖީބީ ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، އުރީދޫގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އުރީދޫގެ އާ ކަސްޓަމަރުންނަށް މި އަގުހުރި ފުރުސަތާ އެކު މަރުޙަބާ ކިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންނާއެކު ކުރައްވާ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވިގެންދާނެ، އުފާވެރި ދަތުރަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި ދިވެހި މުޖްތަމައުއަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ޙަރަކާތްތަކާއި އެކު އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުން މި އޮގަސްޓް މަހުގެ ތެރޭގައި އަދިވެސް ކުރިޔަށްދާނެ." އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.