14 Aug 2017, 12:33
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އިސް އޮފިސަރެއް ކަމަށްވާ ސުޕްރިޓެންޑެންޓް މުހައްމަދު އާސިފް ސަސްޕެންޑް ކޮށްފި އެވެ.
އޭނާ ސަސްޕެންޑް ކޮށްފައިވާ ކަން އިތުރުބާރު ހުރި ފަރާތަކުން ސަން އަށް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ކަރެކްޝަނުން ވެސް ސާފެއް ނުކޮށްދެ އެވެ.
ކަރެކްޝަންގެ ވަޒީފާގައި އުޅުއްވާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އާސިފް ސަސްޕެންޑް ކުރިއިރު، އޭނާ އެންމެ ފަހުން ހުންނެވީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރު ހިންގުމާ ހަވާލުވެގެންނެވެ. އަދި އޭގެ ކުރިން މާފުށި ޖަލު ބެލެހެއްޓުމުގެ އެންމެ އިސްވެރިޔާގެ މަގާމުވެސް އަދާ ކުރެއްވި އެވެ.