ހުޅުމާލޭ ފެރީ ޓާމިނަލުން މީހުން ގޮވައިގެން ދަތުރު ކުރި ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ގަހެއްގައި ޖެހިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިނުވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ރޭ ދަންވަރު 1:10 އެހާކަންހާއިރު އެ ހާދިސާ ހިނގީ ކާރުގެ ބުރެކި ކޮންޓްރޯލް ނުކުރެވިގެން ކަމަށާއި އަދި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ކާރުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އަދި ކާރުގެ ބޮނެޓް އޮތީ ގަސްތަކުގެ ތެރެއަށް ވަދެފައި ކަމަށެވެ.