14 Aug 2017, 10:24
އުރީދޫ ދިވެހި ޕްރިމިއާލީގު ބަލަން އުރީދޫގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހިލޭ ވަދެވޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާއްސަލާތީ ހިދުމަތް ދެމުންދާ އެއް ކުންފުނި އުރީދޫން ވަނީ މި އަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރަށް ޕްރިމިއަ ލީގުގެ ސްޕޯންސާޝިޕްނަގައިފަ އެވެ.
އުރީދޫގެ ހާއްސަ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ރޭ "ކްލަބު ޕްރިމިއާ ލައުންޖު" ހުޅުވާފައިވާއިރު އެ ރަސްމިއްޔާތުގައި އުރީދޫންވަނީ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ހިލޭ ބެލޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަން އިއުލާންކޮށްފައެވެ.
މިފަހަރު ޕްރިމިއާލީގު ކުރިއަށްދާ ގޮތައް ގެނައި މުހިއްމު ބަދަލާއި ގުޅިގެން ގިނަ ބަޔަކު ދަނޑަށް ވަންނަމުންދާއިރު އަތޮޅު ތެރެއަށް ނިސްބަތްވާ ޓީމްތައް ކުޅޭ މެޗުތަކުގައި އެ ފޯރި އިތުރު ވެގެންދާކަމަށް ގިން ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި އުރީދޫގެ ހާއްސަ ކަސްޓަމަރުންނަށް ހިލޭ ދަނޑަށް ވަދެވޭ ގޮތް ވުމަކީ ފުޓްބޯޅައިގެ ފޯރި އިތުރު ވެގެންދާނެ ކަމެއް ކަމަށް ގިނަ ސަޕޯޓަރުން ތަކެއް ވަނީ ބުނެފައެވެ.
އުރީދޫގެ ކްލަބުގެ ޕްރިމިއާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ލައުންޖެއް ހުޅުވީ އެސްބީއައި ހުންނަ ސަރަހައްދު، ބޮޑުތަކުރުފާނު މަގު ހ. މާދޫގަ އެވެ. ހުކުރު ދުވަސް ފިޔަވާ ހަފަތާގެ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00އަށް އެތަނުން ހިދުމަތް ލިބޭނެ އެވެ.
އެ ލައުންޖު ރޭ ހުޅުވައި ދެއްވީ ލިލީ އިންޓާނެޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކުރީގެ ޓެނިސް ކުޅުންތެރިއާ އާމިރު މަންސޫރެވެ.
.