23 Jul 2011, 12:23
ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ ހަތަރު ފުޅިއާ އެކު މީހަކު އައްޑޫ ޕޮލިސް ސްޓޭޝަނުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕްރޭޝަނެއްގައި ބަނގުރާ ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަތަރު ފުޅިއާ އެކު ބުދަ ދުވަހުގެ ރޭ ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ ހުޅުދޫ ޒުވާނެއް ކަމަށެވެ.
ފުލުހުން ބުނީ ފަސްސަތޭކަ އެމްއެލްގެ ހަތަރު ފުޅި އޭނާ އަތުން ފެނިފައި ވަނީ ފޭދޫން ހުޅުމީދޫ އަށް ފެރީ ދިޔަ ވަގުތު އޭނާގެންދިޔަ ދަ ބަސް ޗެކް ކުރިކުރުމުން ނެވެ.