13 Aug 2017, 17:02
ޒުވާން ލީޑަރުން އުފައްދައި ބާރުވެރިކުރުމަށް، ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ)އަށް އެކި ގޮތްގޮތުން އެހީތެރިވެދިން ނުވަ ފަރާތެއްގެ އަގުވަޒަންކޮށް "ޗެމްޕިއަންސް"ގެ ޝީލްޑު ހަވާލު ކޮށްފިއެވެ.
ބައިނަލަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ސޯޝަލް ސެންޓަރުގައި ރަފީ ޖަމިއްޔާއިން ބޭއްވި ޕްރޮގްރާމުގައި "ޔޫތް ޑިވެލޮޕްމަންޓް ޗެމްޕިއަންސް"ގެ ޝީލްޑު ލިބުނު ފަރާތްތަކަށް ޝީލްޑު ހަވާލުކޮށްދެއްވީ ރަފީގެ ބަނީ އަދި އެޖަމިއްޔާގެ ރައީސާ އައިޝަތު ރަފިއްޔާއެވެ.

"ޔޫތް ޑިވެލޮޕްމަންޓް ޗެމްޕިއަންސް" އެވޯޑް ލިބުނު ސަން މީޑިއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒް އަށް ރަފިއްޔާ އެވޯޑް ހަވާލު ކޮށްދެއްވަނީ --- ފޮޓޯ/ ރަފީ
"ޔޫތު ޑިވެލޮޕްމަންޓް ޗެމްޕިއަންސް"ގެ ޝީލްޑު ލިބުނު ފަރާތްތައް:
- އަހުމަދު ޝަކީލް
- މުހައްމަދު ޝިހާބް
- މަސްއޫދު އަލީ
- އައިމިނަތު އިސްމާއިލް
- އިންސްޕެކްޓާރ ފާތިމަތު ނަޝްވާ
- އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
- ސަން މީޑިއާ ގްރޫޕްގެ ސީއޯއޯ މިންހާ ފާއިޒް
- ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޝަޔާން ޝާހިދު
- އައިލެންޑް އޭވިއޭޝަން ސާރވިސް
އޭގެ އިތުރުން، ޒުވާން ލީޑަރުން އުފައްދައި ބާރުވެރިކުރުމަށްޓަކައި ރަފީއިން ހިންގި ޔޫތު އޭޒް އަ މިލީނިއަމް އެސެޓް (ވައިމާސް) ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުންނަށް ވަނީ އިއްޔެގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައެވެ.

"ޔޫތް ޑިވެލޮޕްމަންޓް ޗެމްޕިއަންސް" އެވޯޑް ލިބުނު ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު ޝަޔާން ޝާހިދު އަށް ރަފިއްޔާ އެވޯޑް ހަވާލު ކޮށްދެއްވަނީ --- ފޮޓޯ/ ރަފީ
އެގޮތުން "ޔޫތް ޗޭންޖު މޭކާސް"ގެ ގޮތުގައި ބައިވެރިވި 70 ޒުވާނަކަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވައިފައިވަނީ ވެސް ރަފިއްޔާއެވެ.
ވައިމާސް ޕްރޮގްރާމަކީ ރަފީ ޖަމިއްޔާއިން މިދިޔަ އަހަރު ފެށި މިލީނިއަމް ޔޫތު އެމްބެސެޑާރ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޒުވާން ލީޑަރުން އުފައްދަައި އަދި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އަހަރަކު ހަތަރު ފަހަރު ކުރިއަށް ގެންދާ ވައިމާސް ޕްރޮގްރާމުގެ ދަށުން އިއްޔެ ފެށި ޕްރޮގްރާމަކީ ދެވަނަ ސީރީޒްގެ ތިން ވަނަ ޕްރޮގްރާމެވެ.
ވައިމާސްގެ އިތުރު ޕްރޮގްރާމެއް އަންނަ އޮކްޓޯބަރު މަހު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
ވައިމާސް ޕްރޮގްރާމާއެކު މިލީނިއަމް ޔޫތު އެމްބެސެޑާރ ޕްރޮގްރާމުގެ އިތުރު ތިން ޕްރޮގްރާމެއް ހިންގައެވެ. އެއީ މިލޭނިއަމް ޔޫތް ލީޑާސް ކޭމްޕަކާއި މިލޭނިއަމް ޔޫތް އެމްބެސެޑާސް ކޯޗިން ކޭމްޕެކެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރަފީ ޖަމިއްޔާއިން އިއްޔެ ބޭއްވި ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ ރަފީ