23 Jul 2011, 11:47
އއ. ރަސްދޫގައި ޔުނިވަސަލް އެންޓަޕްރައިސަސްގެ ފަރާތުން ޢިމާރާތްކުރި މިސްކިތް، "މަސްޖިދުލް ހުދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެ ހުޅުއްވައިދެއްވައިފި އެވެ.
މިސްކިތް ހުޅުއްވައި ދެއްވީ މިއަދުގެ ހުކުރު ނަމާދުގެ ކުރީގަ އެވެ.
އެއްފަހަރާ 600 މީހުންނަށް ނަމާދު ކުރެވޭވަރުގެ ޖާގައިގެ މި މިސްކިތަކީ އއ. ރަސްދޫ މައިޒާންދޮށުގޭ ޙުސައިންކަލޭފާނުގެ ދަރިކަނބަލުން މަރުޙޫމާ އާމިނަތު ޙުސައިންކަލޭފާނު ]ކޮލިގޭ އައިމިނާފާނު[ގެ ހަނދާނުގައި އެ މަރުޙޫމާގެ ޢާއިލާގެ ފަރާތުން އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކުރައްވާފައިވާ މިސްކިތެކެވެ.
ރައީސުލްޖުމްހޫރިއްޔާ، މިސްކިތް ހުޅުއްވައިދެއްވުމުން، މިކަމުގެ ހަނދާނުގައި، ރަސްދޫ ރައްޔިތުންގެ ފަރާތުން ޔުނިވަސަލް އެންޓަޕްރައިސަސް އަށް ޚާއްޞަ ފިލައެއް އެރުވި އެވެ. މި ފިލައާ ހަވާލެވަޑައިގަތީ ޔުނިވަސަލް އެންޓަޕްރައިސަސްގެ ޗެއަރމަން މުޙަންމަދު ޢުމަރުމަނިކެވެ. މި މިސްކިތް ފަރުމާ ކުރެއްވީ އަޙްމަދު ޢައްބާހެވެ. މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.