12 Aug 2017, 16:40
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތަކުގެ ކުޅުން އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
ރޭ " ކުލަގަދަ" ރަސްމިއްޔާތަކާ އެކު ފެށި އެ މުބާރަތުގައި ރޭ ހަތަރު މެޗު ކުޅެފައިވާއިރު އިއްޔެ ހަވީރު ވަނީ ހަތަރު މެޗު ކުޅެފައެވެ.
ފަސް ގްރޫޕަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތުގައި އިއްޔެ ހަވީރު ފުރަތަމަ މެޗުގައި ކުޅެފައިވަނީ އެމްއެންޔޫ ބިޒްނަސް ސްކޫލް އަދި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއެވެ. އެ މެޗު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއެންޔޫ ބިޒްނަސް ސްކޫލެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މާލިކް އަބްދުލް ގަފޫރުއެވެ.
ދެވަނަ މެޗުގައި މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި ޕޮލިޓެކްނިކް ބައްދަލުކުރިއިރު އެ ެމެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބިޒްނަސް ސްކޫލެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްބީއެސްގެ އަފްޒަލް ރަޝީދުއެވެ.
ތިންވަނަ މެޗުގައި އެވިޑް އަދި ވިލާ ކޮލެޖް ކުޅުނު އިރު އެ މެޗުން ކުރި ހޯދީ ވިލާއެވެ. 3-1 ގެ ނަތީޖާއަކުން ނިމު އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވިލާގެ އިލްވާން މުހައްމަދެވެ.
ހަތަރު ވަނަ މެޗަށް ބަލާއިރު ފެކަލްޓީ އޮފް ޝަރީއާ އެންޑްލޯ އަދި ފެކަލްޓީ އޮފް ސައިންސް ބައްދަލުކުރި މެޗު 3-1ގެ ނަތީޖާއިން މެޗު ގެންދިޔައީ ފެކަލްޓް އޮފް ސައިންސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަންދުﷲ ނާފިއުއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗު އަދި މުބާރާތުގެ ފަސްވަނަ މެޗުގައި ކްލިކް އަދި މައި ކޮލެޖް ވާދަކުރިއިރު އެ މެޗު މައި ކޮލެޖުން ގެންދިޔައީ 2-1 ގެ ނަތީޖއަކުންނެވެ. މޭން އޮފް ދަ މެޗަކީ މައި ކޮލެޖްގެ އައިހަމް އާދަމް އެވެ.
ހަވަނަ މެޗުގައި ހޮސްޕިޓަލިޓީ އެން ޓުއަރިޒަމް ފެކަލްޓީގެ ދަރިވަރުންނާއި ފެކަލްޓީ އޮފް އާޓްސް ބައްދަލުކުރިއިރު އެ މެޗު އާޓްސް އިން ކާމިޔާބުކުރީ 6-7ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާޓްސްގެ މުހައްމަދު މަދޫންއެވެ.
ހަތްވަނަ މެޗުގައި ހެލްތް އެންޑް ސައިންސް އަދި މެޕްސް ބައްސަލުކުރި އިރު މެޗު ނިމިގެންދިޔައީ 3-3 އެއްވަރުވެގެންނެވެ. މެޗުގެ މޮޅުކުޅުންތެރިއަކީ އެފްއެޗްއެސްގެ އާދަމް ހާފިޒްއެވެ.
ރޭ ކުޅުނު ފަހު މެޗު އަދި މުބާރާތުގެ އަށްވަނަ މެޗުގައި އިސްލާމިކް ޔުނިވާސިޓީ އަދި ފައުންޑޭޝަން ސްޓަޑީސް ވާދަކުރިއިރު މެޗު ގެންދިޔައީ އައިޔޫއެމްއިންނެވެ. ނަތީޖއަކީ 4-0އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އައިޔޫއެމްގެ މުހައްމަދު އަރްޝަލް އެވެ.
އެ މުބާރަތުގައި 18 ޓީމް ވާދަކުރާއިރު މުބާރާތުގެ ކުޅުން މިރޭއާ މިއަދުވެސް ކުރިއަށްދާނެއެވެ. ހަވީރު 16:00 ގައި މެޗުތައް ފަށާއިރު މުބާރާތް ކުރިއަށްދަނީ މާފަންނު ވެލި ދަނޑުގައެވެ.