Back
Nov 23, 2025 SUN
SUN

ނަވާޒް ޝަރީފުގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރައްވަނީ

ނަވާޒް ޝަރީފުގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރައްވަނީ
Lead photo

އިސްލާމްއާބާދު(އޮގަސްޓް 12): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން ދުރުކުރި ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއަކަށް ވާދަ ކުރައްވާކަން އިއުލާންކުރައްވައިފި އެވެ.

ކުލްސޫމް ނަވާޒް ވާދަ ކުރައްވާނީ ނަވާޒް ޝަރީފް މަގާމުން ދުރުކުރުމުން ހުސްވެފައިވާ ލާހޯރުގެ ގޮނޑިއަކަށެވެ. އެއީ ނަވާޒް ޝަރީފް ނިސްބަތްވާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީގެ ފަރާތުންނެވެ.

ކުލްސޫމް ނަވާޒް މީގެ ކުރިން އިންތިހާބީ މަގާމަކަށް ވާދަ ކުރައްވާފައި ނުވި ނަމަވެސް، ކުރިއަށް އޮތް 45 ދުވަސްތެރޭ ބާއްވާ ބައި-އިލެކްޝަނުގައި އޭނާ ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ވެރިކަން ކުރާ ޕާޓީން ބުނެއެވެ.

މީގެ ކުރިން ގިނަ ބަޔަކު ބުނި ގޮތުގައި ހުސްވެފައިވާ މަޖިލިސް ގޮނޑިއަށް ވާދަ ކުރައްވާނީ ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހުބާޒް ޝަރީފެވެ. އަދި އޭގެ ފަހުން ގާނޫނު ހަދާ މަޖިލީހުން އޭނާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނެއެވެ.

ނަމަވެސް ޕީއެމްއެލްއެން އިން ނިންމާފައި ވަނީ މިހާރު ބޮޑުވަޒީރު ކަމުގައި ހުންނެވި ޝާހިދު ޚަގާން އައްބާސީ އަންނަ އަހަރުގެ އިންތިހާބާ ޖެހެން ދެން އެމަގާމުގައި ބެހެއްޓުމަށް ކަމަށް ފަހުގެ ރިޕޯޓުތަކުގައިވެއެވެ.

މިދިޔަ މަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނަވާޒް ޝަރީފް ބޮޑުވަޒީރު ކަމުން ދުރު ކުރީ 2013 ވަނަ އަހަރުގެ އިންތިހާބުގައި އޭނާ ވާދަ ކުރެއްވި އިރު ދުބާއީގައި ހުންނަ އޭނާގެ ކުންފުންޏަކުން ލިބުނު އާމްދަނީގެ އަދަދު ހާމަ ނުކުރުމުންނެވެ.

އެއީ މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ނަމުގައި މިދިޔަ އަހަރު ބޭޒާރުކޮށްލި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ. އެހެން ނަމަވެސް ޝަރީފް ވަނީ އޭނާއާ މެދު ކުރެވުނު ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެފައެވެ. (ބީބީސީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics