11 Aug 2017, 15:15
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޗެއާމަންގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް އަހުމަދު ސާޖިދު އިންތިހާބުކޮށްފި އެވެ.
ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބުގައި އެ ކުލަބުގެ މެންބަރުންވަނީ ކުރިއަށް އޮތް ފަސް އަހަރަށް އެ ކުލަބް ހިންގާނެ ބޯޑު އިންތިހާބުކޮށްފައެވެ.
ހަތަރުވަނަ ދައުރަކަށް ސާޖިދު ކްލަބުގެ އެންމެ އިސް މަގާމަށް ހޮވި އިރު ރޭ ވަނީ އިތުރު އެހެން މަގާމުތަކަށްވެސް މީހުން އިންތިހާބުކޮށްފައެވެ.
މާޒިޔާގެ ހިންގާ ބޯޑަށް ހޮވުނު މީހުން:
- ކްލަބުގެ ޗެއާމަން-އަހްމަދު ސާޖިދު
- އެޑްމިނިސްޓްރޭޝަން ވައިސް ޗެެއާމަން- އިބްރާހިމް ވަހީދު
- ސޯޝަލް ވައިސް ޗެއާމަން- އަބްދުލް މުހައިމިން
- ސްޕޯޓްސް ޗެއާމަން- އަބްދުﷲ މޫސާ
- ފައިނޭންސް ވައިސް ޗެއާމަން- މުހައްމަދު ނައީމް
- ޖެނެރަލް ސެކްރެޓަރީ- އަބްދުލް ވައްހާބު
- ޓްރެޜަރާ- ފާތިމަތު ޝާއިރާ
- މެނޭޖާރ އޮފް ސްޕޯޓްސް- މުހައްމަދު ސުވެއިދު
- އިންތިޒާމް ސެކްރެޓަރީ- އަހުމަދު ސުޒެއިރު އަދި
- ނައިބު އިންތިޒާމް ސެކްރެޓަރީ-މުހައްމަދު ޝިފާޒް
- ލިއޭޜަން އޮފިސަރު- އަކުރަމް ރަމްޒީ
- އިތުރު މެންބަރުން:
- އަހުމަދު ޝިފާޒް
- ހަސަން ޝިފާން
- ހަސަން ޝާފިއު
- އަލީ ޝާހިދު
- އިބްރާހިމް ޝާފިއު
ހަތަރު ވަނަ ދައުރަކަށް ޗެއާމަނަކަށް އިންތިހާބު ވުމަށް ފަހު ސާޖިދު ވިދާޅުވީ މިދިޔަ ދުވަސް ތަކުގެ ތެރޭގައި މާޒިޔާ ވެގެން ގޮސްފައިވަނީ ރާއްޖޭގެ އެންމެ ވަރުގަދަ ކްލަބަށް ކަމަށާއި އެންމެ ދަށުން ފަށައިގެން އެންމެ އުހަށް ދިޔުމުގެ ހަގީގަތަކީ ކްލަބުގެ އެންމެހާ މެންބަރުންގެ އެހީތެރިކަން ކަމަށެވެ.
އޭނާ ވިދާޅުވީ ހުރިހާ މެންބަރުންގެ އެހީތެރިކަމާއެކު މާޒިޔާ އަބަދުވެސް ދާނީ ކުރިއަށް ކަމަށާއި މާޒިޔާގެ ސަފުތައް އަބަދުވެސް ބަދަހި ވާނެ ކަމަށެވެ.