ސޯޅަ އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު މުބާރަތުގެ ކުރިން ސްރީލަންކާގައި ކޭމްޕް ކުރުމަށް މިރޭ އެ ގައުމަށް ފުރައިފި އެވެ.

މި މަހުގެ 18-27 އަށް ބާއްވާ އެ މުބާރަތުގައި ރާއްޖެއިން ވާދަކުރާއިރު ގައުމީ ޓީމު މުބާރަތަށް ތައްޔާރުވުމަށް މާލޭގައި ވެސް ވަނީ ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައެވެ.

މި އަހަރު 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕު ބާއްވަން ހަމަޖައްސާފައިވަނީ ނޭޕާލުގައެވެ.

މި ފަހަރުގެ މުބާރަތުގައި ރާއްޖެ ތަމްސިލުކުރާ ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކޯޗް މުހައްމަދު ޝާޒްލީއެވެ.

މިފަހަރުގެ މުބާރަތުގައި ރާއްޖެ ލައްވާލާފައި ވަނީ މުބާރަތް ބާއްވާ ނޭޕާލާއި އިންޑިއާއެކު ގްރޫޕް ބީ ގައެވެ. ގުރޫޕް އޭ ގައި އޮތީ ބަންގްލަދޭޝާއި ބޫޓާނާ އަދި ސްރީ ލަންކާ އެވެ.

ލަންކާގައި ކޭމްޕް ކުރުމަށް ޒުވާން ޓީމު ފުރާފައިވާއިރު އެ ގައުމުގައި ހޭދަކުރާ ފަސް ދުވަހުގައި ލަންކާގެ ގައުމީ ޓީމާ އެކު ދެ މެޗު ކުޅުމަށް ހަމަޖެިފައިވާ ކަަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.