ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގައި ހިންގާ "ކޯސާ" ކެފޭ ބަންދުކޮށްފި އެވެ.

"ގޯސާ" ކެފޭގެ ނަމުގައި ސްޓެލްކޯގައި ހިންގަމުން އައި ކެފޭ ބަންދުކޮށް، އެތަނުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޖަހާފައިވާ ނޯޓިހުގައިވާ ގޮތުގައި އެތަން ބަންދުކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެންނެވެ.

އެ ނޯޓިސްގައި ބުނެފައި ވަނީ ކާބީތަކެތީގެ ޒަރިއްޔާއިން ކުރިމަތިވެދާނެ ސިއްޙީ ނުރައްކަލަކުން، ޚިދުމަތް ލިބިގަންނަ ފަރާތްތައް އަމަލުކުރަމުންދާ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަ ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދަށް ނުފެތޭތީ އެތަން ބަންދުކޮށްފައިވާ ކަމަށެވެ.

ގޯސާ ކެފޭ އަކީ ގިނަ ބައެއް އެތަނަކުން ޚިދުމަތް ލިބިގަންނަ ތަނެކެވެ. ސްޓެލްކޯގެ މުވައްޒަފުންގެ އިތުރުން އާންމު ފަރާތްތަކުން ވެސް އެތަނުގައި ކެއުން ބުއިމުގެ ޚިދުމަތްތައް ހޯދަ އެވެ.