"ޖުންޖުލާ ޕްރޮމޯ 2017"ގެ ނަމުގައި 10 ޖޫން 2017 އިން 31 ޖުލައި 2017ގެ ނިޔަލަށް އެމްޓީސީސީ ކަށަވަރުން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ޕްރޮމޯޝަނަކީ ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރެވިގެން ކުރިޔަށްގެންދިޔަ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ ތެރެއިން ނަސީބުވެރިޔަކަށް ހޮވިފައިވަނީ ހދ. ކުޅުދުއްފުށީ ވިނަރެސް އިބްރާހިމް ހަމްދޫންއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ބޮޑު އިނާމް ކަމުގައިވާ 25 ހޯސްޕަވަރުގެ އަގުހުރި ސުޒުކީ އައުޓްބޯޑް އިންޖީން ލިބިގެންދިޔައެވެ.

އެމްޓީސީސީ އިން ހާމަކުރާގޮތުގައި ޖުންޖުލާ ޕްރޮމޯ 2017 އަކީ ސުޒުކީ އިންޖީނު، ޔަންމާ އޮއިލް އަދި ސްޕެއަރ ޕާޓްސްތަކަށްް ޙާއްސަކޮށްގެން ކުރިޔަށް ގެންދެވުނު ޕްރޮމޯޝަންއެކެވެ. މީގެ އިތުރުންވެސް އެމްޓީސީސީ ކަށަވަރުން 01 އޯގަސްޓް އިން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް ދަަނީ "ސާބަސް ޔަންމާ 2017" ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. ސާބަސް ޔަންމާއަކީ ޔަންމާ އިންޖީނުތަކަށް ޙާއްސަކޮށްގެން ކުރިޔަށް ގެންދެވޭ ޕްރޮޮމޯޝަނެއްކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.

އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ.