އިނދިކޮޅު ފަރާތްތަކުން އެމެރިކާގެ ރައީ ޑޮނަލްޑް ޓްރަންޕަށް ނިސްބަތްކޮށް އަނެއްކާވެސް ވައިން ފުއްޕާފައިވާ ކުކުޅެއް ވައިޓްހައުސް ފުރަގަހުގައި އަރުވައިފިއެވެ.

މީގެ ކުރިން މިދިޔަ އޭޕްރިލް މަހުގަވެސް އިނދިކޮޅުފަރާތްތަކުންވަނީ އެފަދަ ކުކުޅެއް ޓްރަމްޕަށް މަލާމަތްކުރުމުގެ ގޮތުން ބޭނުންކޮށްފައެވެ. އެފަހަރުގައި އެ ކުކުޅު ބޭނުންކޮށްފައިވަނީ ޓްރަމްޕުގެ މާލީބަޔާން އާންމު ނުކުކުރުމުން އެކަމާ މަލާމަތް ކުރުމުގެ ގޮތުންނެވެ. ރިޕޯޓްތަށް ބުނާގޮތުގައި މިފަހަރު ވައިޓްހައުސް ފުރަގަހުގަ މި ކުކުޅު އަރުވާފައިވަނީ ދުނިޔޭގެ ބޮޑެތި ބާރުތަށްކަމަށްވާ ނޯތް ކޮރެއާ އަދި ރަޝިޔާ ފަދަ ގައުމުތަކާ ކުރިމަތިލައްވާއިރު އެމީހުންގެ ބާރުގަދަކަން ދެނެގަތުމުގަ ޓްރަމްޕު ނުކުޅެދިފައިވާކަމަށް ބުނެއެވެ.

މި ކުކުޅަކީ ބޮޑު ހުދުކުލައިގެ ކުކުޅެކެވެ. މި ކުކުޅުގެ ބޯމަތީގައި ޓްރަމްޕުގެ އިސްތަށިގަނޑާ ވައްތަރުގެ އިސްތަށިގަނޑެށް ހުރެއެވެ. އަދި މި ކުކުޅުން ރަމްޒް ކޮށްދެނީ ޓްރަމްޕުގެ ފިނޑިކަންކަމުގައި މި ކުކުޅު ގަނެ މިކަމާ ޒިންމާވާ ފަރާތްކަމުގައިވާ ސިޔާސީ އެކްޓިވިސްޓް ޓަރަން ސިނގް ބްރާރ ހާމަކުރެއެވެ.

މި ކުކުޅު ވައިޓް ހައުސްގެ ފުރަގަހުގަ ހުރިތަން ފެނިގެންދާ ފޮޓާތަށް ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު ގިނަ ބައެއްގެ ފާދުކިޔުންތަށް ދަނީ ރައްދުވަމުންނެވެ.