ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޕަބްލިކް ލިމިޓެޑުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ ސާވޭއެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، މިއަދު ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ކަސްޓަމަރ ސާވޭއަކީ، އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ ވިލް ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ޚަރަކާތެއް ކަމަށެވެ.

އެސްޓީއޯއިން ކުރިއަށް ގެންދާ ވިލް ކެމްޕޭންގެ ދަށުން މިހާރު ދަނީ ދެ ހަފްތާގެ ކަސްޓަމަރ ސާވޭއެއް ކުރަމުން -- ފޮޓޯ: އެސްޓީއޯ

"މި ސާވޭ ހިންގުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ އެސްޓީއޯގެ އައުޓްލެޓް ތަކުގައި،" އެ ކުންފުނިން މައުލޫމާތުދެއެވެ.

މިއަދު ފެށި ސާރވޭއަކީ އެސްޓީއޯއިން މިވަގުތު އާންމުންނަށް ދެމުންގެންދާ ހިދުމަތްތަކާ މެދު ކަސްޓަމަރުން ދެކޭގޮތް ދެނެގަނެ، އެ ހިދުމަތުގެ ފެންވަރު އިތުރަށް ރަގަޅުކުރެވޭނެ ގޮތްތައް ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ސާވޭއެއް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ކުރިއަށް ގެންދާ ވިލް ކެމްޕޭންގެ ދަށުން މިހާރު ދަނީ ދެ ހަފްތާގެ ކަސްޓަމަރ ސާވޭއެއް ކުރަމުން -- ފޮޓޯ: އެސްޓީއޯ

"މި ސާވޭ ކުރިއަށް ދާނީ އޮންލައިންކޮށް، އެސްޓީއޯގެ މުއައްޒަފުން ފޯރުކޮށްދޭ ޓެބްލެޓެއް ބޭނުންކޮށްގެން."

އެސްޓީއޯއިން ކުރިއަށް ގެންދާ ވިލް ކެމްޕޭނަކީ އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން، އެސްޓީއޯގެ މާލީ ފުދުންތެރިކަމާއި ތިމާވެށި އަދި އިޖުތިމާއީ ތަރައްގީއަށް މަސައްކަތް ކުރުމަށް، 20 ޑިސެމްބަރު 2015ގައި ފެށި ޚާއްސަ ހަރަކާތެކެވެ.