08 Aug 2017, 16:06
ރާއްޖޭގައި ބާއްވާ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ސާވިސް ޝޯ (ޕާސް) އަންނަ މަހު ބާއްވަން ހަމަޖައްސައިފިއެވެ.
އެ ޝޯ އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި، ހައިރައިން އިން އިންތިޒާމުކޮށްގެން ބާއްވާ އެކުންފުނީގެ އަމިއްލަ ޝޯއެކެވެ.
ހައިރައިޒްގެ މާކެޓިން މެނޭޖާ، މަރިޔަމް މާއިޝާ ޝުޖާއު ވިދާޅުވި ގޮތުގައި ޕްރިންޓް އެންޑް އެޑްވަޓައިޒިން ދާއިރާގައި ވަރަށް ހުނަރުވެރި ކުދިން މަސައްކަތް ކުރާއިރު ޕްރިންޓް އާއި މާޗަންޑައިންޒްގެ ޚިދުމަތް، ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރާއްޖެއިން ލިބޭ ކަމަށެވެ. އެހެންވެ އެފަރާތްތަކަށް ޕާސް ވެގެންދާނީ ރަނގަޅު ޕްލެޓްފޯމަކަށް ކަމަށް އެނާ ވިދާޅުވިއެވެ.
އެ ޝޯގައި ދައްކާލާނީ ރާއްޖޭގެ ޕްރިންޓިން އަދި އެޑްވަޓައިޒިން ދާއިރާގެ ޕްރޮޑަކްޓުތަކެވެ. އަދި އެ އިވެންޓުގެ މަގްސަދަކީ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މާކެޓު ދެމެހެއްޓުމެވެ.
މާއިޝާ ވިދާޅުވީ ޕާސް ވެގެންދާނީ ވިޔަފާރިތައް އިސްތިހާރު ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މުހިއްމު އިވެންޓެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ޓުއަރިޒަމް އިންޑަސްޓްރީއަކީ ބްރޯޝާއާއި ފޮޓޮގްރަފީ އަދި ވީޑިއޯގްރަފީ ފަދަ ޚިދުމަތްތައް ވަރަށް ގިނައިން ހޯދާ އިންޑަސްޓްރީއަކަށްވެފައި އެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށްވެސް ޕާސް މެދުވެރުކޮށް މާކެޓް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާސްގައި މިހާތަނަށް ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި އެމް7، ތިންކް އެޑްވަޓައިޒިން، ޕްރިންޓް ލެބް، އެޑްވަޓައިޒިން، ސައިން އޯ ފްރޭމް، ޓޮޕް ބްރިންޓާސް، ބްލަކް، ސްޓޭޖް ކޯ، ޑޮނާޑް މެޓަލް ސައިންސް ފަދަ ބްރޭންޑުތައް ހިމެނެއެވެ.
ޕާސް އޮންނާނީ އަންނަ މަހުގެ 21 އިން 23 އަށް ނޭޝަނަލް އާޓް ގެލެރީގައެވެ.