08 Aug 2017, 13:12
ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)ގެ ޖަޖިންގ އަންނަ ހަފްތާގެ ބުދަ ދުވަހު ފަށަން ހަމަޖެހިއްޖެ އެވެ.
ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މަރިޔަމް މާއިޝާ ޝުޖާއު ވިދާޅުވީ ސާޓާގެ ޖަޖިން ފަށާނީ މިމަހުގެ 16 ވަނަ ދުވަހު ރާއްޖޭގައި ކަމަށެވެ. އެއަށްފަހު ސަރަހައްދުން އެ އެވޯޑުގައި ބައިވެރިވާ ގައުމުތަކުގެ ޖަޖިންވެސް ފަށާނެ ކަމަށް މާއިޝާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭއްވި އެންމެ ފުރަތަމަ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އޮތީ ސްރީލަންކާގެ މަޝްހޫރު މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ދެކުނު އޭޝިއާ ސަރަހައްދުގެ 18 އެވޯޑަކާ އެކު އެންމެ ގިނަ އެވޯޑު ލިބުނީ ދިވެހިރާއްޖެއަށެވެ. އަދި ވިޒިޓާޒް ޗޮއިސް އެވޯޑްސްގެ ހަތް އެވޯޑުގެ ތެރެއިން ފަސް އެވޯޑެއް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.
މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ސެގްމެންޓަކުން 34 މޭޖާ ކެޓަގަރީ ހިމެނޭ އިރު 400 އަށްވުރެ ގިނަ ޓްރެވަލް ބްރޭންޑުތައް ވަނީ ސައުތް އޭޝިއާ ސަރަހައްދުން ނޮމިނޭޓުކޮށްފައެވެ.
މިއަހަރުގެ އެވޯޑު ހަފްލާ ބާއްވަން ހަމަޖައްސާފައިވަނީ އައްޑޫ ސިޓީގައި އަންނަ އޮކްޓޯބަރު މަހު އެވެ.