07 Aug 2017, 12:09
މިރޭ ހަނދުކޭތައެއް ހިފާތީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އޭޝިއާ، ޔޫރަޕް އަދި އެފްރިކާގެ ސަރަހައްދުތަކަށް ފެންނާނެ ކަމަށް ބެލެވޭ ފަޅި ހަނދުކޭތަ ރާއްޖެއަށް ފެންނަން ފަށާނީ މިރޭގެ 8:50 ހާ އިރުގަ އެވެ. އަދި ކޭތަ ވީއްލާނީ ރާއްޖޭގެ ގަޑިން 1:50 ހާ އިރު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ބޮޑެތި މިސްކިތްތަކުގަ އާއި މާލޭގެ އިސްލާމީ މަރުކަޒުގައި ކޭތަ ނަމާދު ކުރާނީ 9:00ގައި އެވެ.
މިރޭގެ ހަނދުކޭތަ އަށް ފަހު މިމަހުގެ 21 ވަނަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާނެ އެވެ. ނަމަވެސް އެއިރުކޭތަ ރާއްޖެއަކަށް ނުފެންނާނެ އެވެ.