07 Aug 2017, 11:36
މަގުމަތީގައި ހަމަޖެހިލައިގެން ހިނގާލަން މިހާރު ގިނަ ބަޔަކު ފަސްޖެހެއެވެ. ވަޅިން ނުވަތަ އެހެންވެސް އެއްޗަކުން ޙަމަލާދީފާނޭ ކަމުގެ ބިރުވެރިކަން މިވަނީ ޢާންމުވެފައެވެ. ގްރޫޕް މާރާމާރީތަކުގައި ބައިވެރިވެ ނޫޅޭ މީހާއަށްވެސް ބިރެއްނެތި މަގުތަކުގައި ހިނގާލެވޭކަށްނެތެވެ. ކަންމިހެން އޮތްއިރު ގޭގެއާއި އެހެންވެސް އިމާރާތްތަކު ތެރެއަށް ވަދެވެސް މާރާމާރީއާއި އެކި ޖަރީމާތައް މިއަދު މިރާއްޖޭގައި ދަނީ ހިންގަމުންނެވެ. ގޭގައި ތިއްބަސް އަމާންކަން މިވަނީ ޔަޤީންނުވެފައެވެ.
އޮފީހެއް، ފިހާރައްއެއް ނުވަތަ ގެއެއް ފަދަތަނަކަށް ވަދެ ވައްކަން ކުރާއިރު، ނުވަތަ މާރާމާރީ ހިންގާއިރު ސެކިއުރިޓީ ކެމެރާ އެތަނެއްގައި އެބަ ހުރެއެވެ. ނަމަވެސް އޭގެ ރެކޯރޑިން ބަލަން މަސައްކަތް ކުރާއިރު އެނގިގެން ދަނީ ކެމެރާ މަސައްކަތް ނުކުރާކަމެވެ. އެހިސާބުން ހަތަރު އުދަރެސް ފެނުޖެހި، ހަދާނެގޮތް ހުސްވެގެން މިފަދަ ޚިދުމަތްދޭ ތަންތަނަށް ގުޅަން ފަށައެވެ. ނަމަވެސް އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ސެކިއުރިޓީ ކެމެރާ، ޑޯރ ލޮކް ސިސްޓަމް، އެޓެންޑެންސް ސިސްޓަމް، އަދި ނެޓްވޯރކް ފަދަ ތަކެތީގެ ޙާލަތު ދުވަހުން ދުވަހަށް ބަލައި، އެތަކެތި ރަނގަޅަށް ބެލެހެއްޓުން މިވަނީ ދަތި އުނދަގޫ ކަމަކަށްވެފައެވެ. މިކަމުގެ ސަބަބުން ލިބިގެންދަނީ ހީނުކުރާފަދަ ބޮޑަތި ގެއްލުންތަކެވެ.
ހާސްވާނެ ކަމެއްނެތެވެ. މިހުރިހާ ކަމަކަށް ޙައްލު ގެނެސްދޭނެ ކަމުގެ ޔަޤީންކަން ލިންކްސާރވްގެ ޓެކްނިކަލް ސާރވިސްއަށް ގެނައި ބަދަލުން މިވަނީ ގެނެސްދީފައެވެ. ބުރަ މަސައްކަތާއި އެހެންވެސް ދިރިއުޅުމުގެ ދަތިތަކާއި ހުރެ މިކަންކަން އަމިއްލައަށް ނުބެލެހެއްޓުނަސް ދެން ހާސްވާކަށް ނުޖެހޭނެއެވެ. ކަމެއް ވުމުން ގުޅާލީމައި ގޮސް އެކަމެއް ޙައްލުކޮށް ވަގުތުން ފައިސާ އަތުލުމުގެ އުސޫލު ދޫކޮށްލައި، އެއަށްވުރެ ދެފަރާތަށްވެސް ލުއިފަސޭހަ ގޮތެއް ލިންކްސާރވްއިން މިވަނީ ތަޢާރަފްކޮށްފައެވެ.
ކަމެއް ދިމާވިޔަސް ނުވިޔަސް، ޤަވައިދުން ގޮސް، ސެކިއުރިޓީ ކެމެރާ، ޑޯރލޮކް ސިސްޓަމް، އެޓެންޑެންސް ސިސްޓަމް، ވައިފައި އަދި ނެޓްވޯރކް ފަދަ ތަކެތީގެ ޙާލަތުބަލައި، ރަނގަޅުކުރަން ޖެހޭކަމެއް ނުވަތަ އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމެއް ވާނަމަ، ލަފާ އެރުވޭނެ އިންތިޒާމް މިވަނީ ހަމަޖައްސާފައެވެ. ވެރިފަރާތުން އެކަމާ ވިސްނަން ޖެހުމަކާއި ނުލައި، އެތަކެތި ބަރާބަރަށް މަސައްކަތް ކުރޭތޯ ބަލައި މަރާމާތު ކުރުން ލިންކްސާރވް އިން ކުރިއަށް ގެންދާނެއެވެ.
މިފަދައިން ޚިދުމަތް ހޯދުމަށްޓަކައި ކަސްޓަމަރުންނަށް މިވަނީ 3 ޕެކޭޖެއް ތަޢާރަފްކޮށްފައެވެ. ބްރޮންޒް، ސިލްވަރ، އަދި ގޯލްޑު ޕެކޭޖު ތަޢާރަފްކޮށްފައިވަނީ، ތަފާތު ފަންތީގެ ތަންތަނަށް ޚާއްސަކޮށްގެންނެވެ. އެގޮތުން ބްރޮންޒް ޕެކޭޖަކީ، އާދައިގެ ގެތަކާއި، ކަންމަތީ ފިހާރަތައް ފަދަ ކުދި ވިޔަފާރި ތަކުގެ ސަލާމަތީ ޑިވައިސްތައް ބަލަހައްޓައި ދިނުމަށް ޚާއްސަ ޕެކޭޖެވެ. މިގޮތުން އެތަނަކަށް އެކަށޭނަ ޕެކޭޖެއް، އެކަށޭނަ އަގުގައި، މަހުން މަހަށް ފީދައްކާގޮތަށް، ވެރިފަރާތުން ހާސްވާން ނުޖެހޭ ވަރަށް ބަލަހައްޓައިދޭނެ ކަމުގެ ޔަޤީންކަން ލިންކްސާރވް އިން މިވަނީ ކަށަވަރުކޮށްދީފައެވެ.
މިކަމުގެ އިތުރު މަޢުލޫމާތާއި އެހީތެރިކަން 3344555 އަށް ގުޅާލައިގެން ފަސޭހައިން ހޯދޭއިރު މިއަދު މިއީ ކޮންމެހެން ކުރުން މުހިއްމުކަމެކެވެ. ކަމެއް ދިމާވެ ވަގުތު ފާއިތު ވުމުގެ ކުރިން، ސަލާމަތީ ތަކެތި ބަރާބަރަށް މަސައްކަތް ކުރާކަމުގެ ޔަޤިންކަން ލިބިގަތުމަށްޓަކައެވެ.