06 Aug 2017, 14:37
މާލޭގައި ހިންގި ސިލްސިލާ މާރާމަރީތަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ 34 މީހުންގެ ތެރެއިން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ އެ މާރާމާރީތަކާ ގުޅިގެން ހައްޔަރު ކުރި ހަ މީހުންނަނީ ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދާ 34 މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.
އެ ކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
މާލޭގައި ސިލްސިލާ މާރާމާރީތަކެއް ފެށިފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެފަދަ މާރާމާރީގައި ދެ ޒުވާނަކު މަރާލައިފައެވެ. އަދި ފަސް މާރާމާރީއެއް ހިންގައިފައިވާއިރު އެ މާރާމާރީތަކުގައި ހަތް މީހަކު ޒަޚަމްކޮށްލާފައިވެ އެވެ.
މާރާމާރީތަކުގައި މިދިޔަ ހަފްތާގައި މަރާލާފައިވަނީ ހއ. ތަކަންދޫ ނަދީމް އަބުދުއްރަހީމް (24އ) އާއި ރ. މީދޫ މުހައްމަދު އަނަސް (25އ) އެވެ.
އެ ދެ މަރާ ގުޅިގެން ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެށް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.