05 Aug 2017, 03:31
ކ. މާފުށީގައި ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ޒަހަމްވި ފުލުސް މީހާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޒަޚަމްވެފައި ވަނީ މާފުށީ ޖަލަށް އެއްޗެހިތަކެއް ވައްދަން އެ ރަށަށް ދިޔަ ލޯންޗަކުން މޫދަށް ފުއްމާލައިގެން މާފުއްޓަށް އަރަން އުޅުނު މީހަކު ހިފަހައްޓަން އުޅުނު ފުލުސް މީހެކެވެ. އަދި އެ ހާދިސާ ހިނގާފައި ވަނީ މިރޭ 1:30 ހާއިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭގެ އިތުރުން އޮފިޝަލް ވިދާޅުވި ގޮތުގައި މާފުއްޓަށް ދިޔަ ލޯންޗާއިި، މޫދަށް ފުއްމައިލި މީހާއާ އެކު ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި އެ ހާދިސާގައި ޒަޚަމްވި ފުލުސް މީހާ، ކަރެކްޝަނަލް ސާވިސްގެ އެހީތެރިކަމާއެކު މާލެ ގެނެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.