މަޝްހޫރު އޮންލައިން ސާޗް އިންޖީން، ގޫގްލް ގެ ކޯ ފައުންޑަރު، ލެރީ ޕޭޖް ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖޭގެ އަތުވެއްޖެ އެވެ.

އިތުބާރު ހުރި ފަރާތަކުން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލެރީ ޕޭޖް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި ޗުއްޓީ ހޭދަކުރައްވަމުން ދަނީ އޭނާގެ އަމިއްލަ ޔޮޓުގައި އައްޑޫ ސިޓީ ސަރަހައްދުގައި ކަމަށެވެ.

ލެރީ ޕޭޖް ރާއްޖެ އައިސްފައިވާއިރު މިއަހަރު ތެރޭގައި މުޅި ދުނިޔެއަށް ވެސް މަޝްހޫރު އެތައް ސެލެބްރިޓީންނެއް ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

ގޫގަލްގެ ކޯ ފައުންޑަރު ލެރީ އަކީ ގޫގަލްގެ ބެލެނިވެރި ކުންފުނި ކަމުގައިވާ އަލްފަބެޓް ކުންފުނީގެ ސީއީއޯވެސްމެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގޯގަލް އަށް 5.4 ބިލިއަން ޑޮލަރުގެ ސާފު ފައިދާއެއް ވަނީ ވެފައެވެ.